
މަންފާއާ އެޗްޑީސީ ގުޅިގެން ހައިވޭގައި ދަތުރުދުޢާ ބޯޑެއް ބަހައްޓަައިފި
މަންފާ ޖަމިއްޔާ އާއި ހަައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހައިވޭގައި ދަތުރުދުޢާ ލިޔެފައިވާ ބޯޑެެއް ބަހައްޓައިފި އެވެ.
ހައިވޭގެ އިތުރުން ހުޅުމާލޭގެ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިތުރު ބޯޑްތައް ބެހެއްޓުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް މަަންފާގެ ޖެނެރަލް ސެކެޓްރީ އަލީ މުޢީން ވަނީ މީޑީއަާއަށް މަޢުލޫމާތު ދެއްވާފައެވެ.
މަންފާ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެގޮތުން އެ ޖަމިއްޔާ އިން ގެންދަނީ މުޅި ރާއްްޖޭގައި ތަފާތު އެކި ދީނީ ހަރަކާތްތަކާއި ދީނީ ހޭލުންތެރި ކަމަށް ހާއްސަ ދަރުސްތަކާއި ފޯރަމްތައް ވެސް އިންތިޒާމްކޮށް ހިންގަމުންނެވެ. މީގެ އިތުރުން ތަފާތު އެކި މެސެޖުތައް ހިމެނޭ ގޮތަށް ޒަމާނީ ވައްޓަފާޅިއަށް ވީޑިއޯތައް ތައްޔާާރުކޮށްގެން ގެނެސް ދިނުމާއި ތަފާތު އެކި ވޯކްޝޮޕްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕާއި އަޤީދާ ވޯކްޝޮޕަކީ ފާހަގަކޮށްލެވޭ ދެ ޕްރަގްރާމެވެ.



