ދަރުމަވަންތައިގައި ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން އިއުލާންކޮށް އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި މި ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުންމީދެއް ހޯދައި ދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހާސިލްވެގެން ދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ދަރިފުޅާއި މަންމަގެ ހާލު ރަނގަޅު ކަން ފާހަގަކޮށް އައިޖީއެމްއެޗްގެ ބަޔާނުގައި ވަނީ މި ކާމިޔާބީ ހާސިލްކުރުމުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުންނާއި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުން އަދި ސެންޓަރުގެ އެންމެހާ މުވައްޒަފުން ކުރި މަސައްކަތަށް އައިޖީއެމްއެޗުން ޝުކުރު އަދާކޮށްފައެވެ.

އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާއި އެއްގޮތަށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.