”ރަށުގެ ކުރިމަގު“ ގެ ނަމުގައި އީ ސީ އިން ޓިކްޓޮކް މުބާރާތެއް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް މުބާރާތެއް ކުރިއަށްގެންދިއުމަށް ހުޅުވާލައިފި އެވެ.

18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، އޮންލައިން ފޯމު https://tinyurl.com/TikTokmubaaraaiyRegistration މެދުވެރިކޮށް ރަޖިސްޓަރކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް ވީޑިއޯ ތައްޔާރުކުރުމަށް ހަތަރު މަޢުޟޫއެއް ދެވޭނެ އެވެ.

އޭގެ ތެރޭގައި،

  •    ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް،
  •    އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން،
  •   ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ މުހިއްމުކަން އަދި
  •   އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރުމުގެ މުހިއްމުކަން ހިމެނެ އެވެ.

މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ ތެރެއިން، އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވޭނެއެވެ. މި ގޮތުން، އެއްވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިންވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ ޓީމުތަކުން ތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންވާނެ އެވެ.
އިތުރު މަޢުލޫމާތު: https://tinyurl.com/TiktokmubaaraaiyGavaaidhu

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.