
ގުޅީފަޅުން 2751 ގޯތީގެ ރެޖިސްޓްރީ ހައްދައި ޙަވާލުކޮށްފި
ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދީ ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާރއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިންވެރިޔާ ސްކީމްގެ ދަށުން ކުރެވެމުންދާ ގުޅީފަޅުގެ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތްތަކުގެ އަދާއިހަމަ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ކުރިން ގިރާވަރުން ގޯތި ލިބިފައިތިބި 1114 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކުރެވިފައިވާއިރު ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް 12 ޖުލައި 2025 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
މި މަސައްކަތްތައް މެދުވެރިކޮށް މިހާތަނަށް 2751 މީހެއްގެ ރެޖިސްޓްރީ ހައްދައިދެވިފައިވާއިރު ބާކީ ތިބި މީހުންގެ ރެޖިސްޓްރީތައް ހަދައި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާނެ އެވެ.



