އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބާއްވާ 2ވަނަ ވޯކިން-އިންޓަރވިއު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް 2 ވަނަ ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން، ޑިސެންބަރު 26 ވާ ހުކުރު ދުވަހު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4 އިން ރޭގަނޑު 10އަށް އަދި ޑިސެންބަރު 27 ވާ ހޮނިހިރު ދުވަހު، ކަލާފާނު ސްކޫލު ގައި ހަވީރު 4 އިން ރޭގަނޑު 10އަށް ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ. ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.

ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓަރީކޮށްދިނުމާއި އެޕްލިކޭޝަން ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް މައި ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާނެގޮތުގެ މަޢުލޫމާތު ދިނުންވެސް މި ވޯކް-އިން އިންޓަރވިއު ތެރޭގައި ކުރިއަށްދާނެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަކަމާއެކު އޮފިޝަލަކަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިއަހަރުގެ އޮގަސްޓު މަހުގައި ބޭއްވި ވޯކް-އިން އިންޓަރވިއުގައި 250  އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި މި ފަހަރުގެ ވޯކް-އިން އިންޓަރ ވިއު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސްކޫލް ބަންދު ތެރޭގައިކަމުން، މި ވޯކް-އިން އިންޓަރވިއުއަށް ވެސް ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.

ވަޒީފާތަކާގުޅޭ އިތުރު މަޢުލޫމާތު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.