ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާ ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި

‘ރަށު ޚަޠީބުން’ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާ ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ.

މި ޑޮކިއުމެންޓަރީއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިންމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބަުން ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބުނު ގޮތް ދައްކުވައިދޭ ޑޮކިއުމެންޓަރީއެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޑޮކިއުމެންޓަރީގައި މީގެ ކުރީން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެ ރަށު ކައުންސިލުން ކުރާން ޖެހުނު ޚަރަދާއި އުފުލި ބުރައާއި، މި ކަމުގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާ އެކު ވުޒާރާއިން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބުނު ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާކުރެއެވެ.

އަދި އެ ރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް ހިމެނިފައިވާނެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ހޯދައިދެވުނު ޕްރޮގުރާމެކެވެ.

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން އުފައްދައިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.