
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރުގެ ބަހުގެ ހޫނު ޙަމަލާތަކެއް ނަތަންޔާހޫއަށް
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރަކްގެ ބަހުގެ ހޫނު ހަމަލާތަކެއް ނަތަންޔާހޫއަށް ދީފި އެވެ.
ދުނިޔޭގެ މިއަދުގެ ޒުވާން ޖީލުތައް “އިސްރާއީލާ” ޢަދާވާތްތެރިވެ، ޔަހޫދީ ޒުވާނުންގެ ތެރޭގައިވެސް ޔަހޫދީ ދައުލަތާމެދު ޝައްކުތައް އުފެދެމުން ދިއުމުގެ ސަބަބަކީ ނަތަންޔާހޫގެ ހަރުދަނާކަމެއް ނެތް ސިޔާސަތު ކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރަކް ބުނެފި އެވެ.
“ފުރަތަމަ ފަހަރަށް މިއަދު މިވަނީ އިސްރާއީލުގެ ވުޖޫދުގެ ސައްޙަ ކަމާމެދު ޔަހޫދީންގެ މެދުގައިވެސް ސުވާލު އުފައްދަން ފަށާފަ” އެހޫދު ބަރަކް ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރި ގޮތުގައި، ނަތަންޔާހޫގެ ފަރުވާކުޑަ ސަރުކާރުން ވަނީ މުޅި ޖީލެއްގެ މަސައްކަތުން ވެސް ފޮހެލަން އުނދަގޫވާނެ ފަދަ ލަދުވެތިކަމުގެ ނިޝާނެއް “އިސްރާއީލުގެ” މޫނުމަތީގައި ޖެހިފައި ކަމަށެވެ.