
މަރުވެފައިވާ ރަހީމނުންގެ ތެރެއިން ފުރަތަމަ ޙަވާލުކުރެވޭނީ 4 ހަށިގަނޑު – ޙަމާސް
މަރުވެފައިވާ ރަހީނުންގެ ތެރެއިން ފުރަތަމަ ޙަވާލުކުރެވޭނީ ހަތަރު ހަށިގަނޑު ކަމަށް ހަމާސްއިން ބުނެފި އެވެ.
މަރުވެފައިވާ ރަހީނުންގެ ތެރެއިން ހަމާސް އިން ޙަވާލުކުރަން އިއުލާން ކުރީ ޑޭނިއަލް ޕެރޭޒް، ޔޯސީ ޝަރަބީ، ބިޕިން ޖޯޝީ އަދި ގައި އިލޫޒްގެ ހަށިގަނޑެވެ.
މިކަމާ ގުޅިގެން ރަހީނުންގެ އާއިލާތަކުން ރުޅިގަދަވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ޙަމާސްއަށް އިންޒާރުދީފަ އެވެ.
މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ވުމުން ހުރިހާ ހަށިގަނޑުތައް ހޯދުމަށް ވަގުތު ބޭނުންވާނެކަން ޙަމާސްއިން ކުރިންވެސް ވަނީ ބުނެފަ އެވެ.