ޙަރާމްގޮތުގައި މުދާ ހޯދުމަކީ، މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެއް – ހުކުރު ޚުތުބާ

މި ހަފްތާގެ ޚުތުބާގައި ނަސޭހަތްތެރި ވެފައި ވަނީ މުދަލުގެ ޙުރުމަތާއި ބެހޭގޮތުންނެވެ.

މުދަލުގެ ޙުރުމަތާއި ޙަލާލު ރިޒްޤާއި ބެހޭގޮތުން ފުންކޮށް އަލިއަޅުވާލައި، ޚުތުބާ ފަށަމުން ބުނެފައި ވަނީ، އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދުމަށް، ރިވެތި ގޮތުގައި އެދޭށެވެ.

ހަމަކަށަވަރުން އެއްވެސް ނަފުސެއް، ރިޒުޤުލިބުން ލަސްވިކަމުގައި ވިޔަސް، އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމަކޮށްފުމަށް ދާންދެން މަރެއްނުވާހުއްޓެވެ. އެހެންކަމުން، މާތް ﷲއަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދާން، ރިވެތި ގޮތުގައި އެދޭށެވެ! ތިޔަބައިމީހުން ޙަލާލު ތަކެތި ލިބިގަންނާށެވެ! އަދި ޙަރާމު ތަކެއްޗާ ދުރުހެލިވާށެވެ!“

މީގެ އިތުރުން އެހެން މީހެއްގެ މުދަލަށް އަރައިގަތުމާއި ބެހޭގޮތުންވެސް ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ. އެގޮތުން  މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

މާތް ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ.

މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ.“ އިސްލާމް ދީނުގައި މުދާ ހޯދައި، އެ މުދާ  މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަން ބަޔާން ކޮށްދެއްވައި، ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ އަމުރުކުރައްވައިވާ ކަން ވެސް ޚުތުބާގައި ބުނެދީފައިވެ އެވެ.

އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް ވެސް އެންގެވި އެވެ.

”ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.“ ޚުތުބާގައި ބުނެފައިވެ އެވެ.
އަދި ޙަރާމްގޮތުގައި މުދާ ހޯދުމަކީ، މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެއް ކަމަށާއި، ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.އަދި އެއީ ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ.
ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެއްމެ އައުލާކަން ބޮޑީ ނަރަކަ އެވެ.“
އަދި މިހާރު މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާ ކަމަށާއި، ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވާ ކަމަށް ވެސް ޚުތުބާގައި ނިންމާލަމުން ބުނެފައި ވެއެވެ.

”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ މާތްﷲ ރުއްސަވާމަގުން ޙަލާލު ތަކެތި ހޯދާ، ޙަލާލު ތަކެތި ކައިބޮއިއުޅޭ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.