
ޣައްޒާ ސިޓީ މެދުތެރެއަށް އެތައް ލައްކަ ބަޔަަކު ޖަމާ ވެއްޖެ
ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް ސަރާޔާ މައިދާނަށް އެތައް ލައްކަ ބަޔަކު ޖަމާވެއްޖެ އެވެ.
އިސްރާައީލުން ޣައްޒާ ހިސޯރުކުރުމާ ދެކޮޅުހަދާ ޣައްޒާ ދޫކޮށް ނުދާނެ ކަމަށްބުނެ، އެތައް ލައްކަ ބަޔަކު ޣައްޒާސިޓީގެ މެދުތެރޭގައި އޮންނަ އަލް ސަރާޔާ މައިދާނަށް އެއްވެފައިވާ ކަމަށް ޣައްޒާގެ ލޯކަލް މަސްދަރުތަކުން ބުނެފި އެވެ.
އަލް ސަރާޔާ މައިދާނަށް ޖަމާވެފައިވާ ރައްޔިތުންގެ ޝުޢޫރުތައް:
“އަހަރެމެން މިތިބީ މިބިން ދޫކޮށް ދާގޮތަކަށް ނޫން. އަހަރެމެން މަރުވަންދެން ވެސް ތިބޭނީ މިގޮތުގަ”
“އިސްރާއީލުން އަހަރެމެން އެންމެން މަރާލިޔަސް އަހަރެމެން އިސްރާއީލުން ކުރާ ޢަމުރަކަށް ބޯ ނުލަނބާނަން”
“ރައްކާތެރިވާނެ ކަމަށްބުނާ އެއްވެސް ސަރަހައްދަކުން އެރައްކާތެރިކަމެއް ނުފެނޭ. އެތައް ތަނަކަށް ބަދަލުވެވިއްޖެ އެވެ.
މިތާމިތިބި އެތައް ހާސް ބަޔަކު ދެން އިތުރު ސަރަހަދަކަށް ނުދާނެ. ތިބޭނީ މިތާ ޣައްޒާ ސިޓީގަ. އަހަރެމެންގެ އަމިއްލަ ފަސްގަނޑުގަ”



