ކުދިންގެ ސްކްރީން ޓައިމް މަދުކުރަންޖެހެނީ ކީއްވެ؟

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ސްމާޓް ފޯން، އައިޕެޑް ނުވަތަ ޓެބްލެޓް ފަދަ ތަކެތި މިއަދު ވެފައިވަނީ ތުއްތު ކުދިންގެވެސް އެންމެ ގާތް އެކުވެރިންނަށެވެ. ދުވާލުގެ ވަރަށް ގިނަ ވަގުތު އެކުދިން ހޭދަކުރަނީ މިފަދަ އާލާތްތަކާއި އެކުގައެވެ. އެހެންގޮތަކަށް ބުނާނަމަ ކުދިންގެ ސްކްރީން ޓައިމް ކަންބޮޑުވާންޖެހޭ ވަރަށް މިހާރު މިވަނީ އިތުރުވެފަ އެވެ.

ސްކްރީންޓައިމް ގިނަވުމަކީ ކުދިންނަށް ރަނގަޅު ގޮތެއް ނޫނެވެ. ވަކިން ހާއްސަކޮށް އެންމެ ތުއްތުއިރު ކުދިންނަށް އެއްގޮތަކަށްވެސް ސްކްރީން ޓައިމް ނުދިނުން ނުވަތަ ވަރަށްބޮޑަށް ސްކްރީން ޓައިމް މަދުކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ. ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާގެ ވަރަށް މުހިންމު ކަންކަން ހާސިލްކުރާ އެއް އުމުރުފުރައަކީ ކުއްޖާ އުފަންވުމާއި ހަމައިން ފެށިގެން ފަސް އަހަރާ ދެމެދެވެ. ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާގެ ބޮޑު ބައެއް ހިނގަނީ މި އުމުރުފުރާގެ ތެރޭގަ އެވެ. އެގޮތުން، ވާހަކަދެއްކުމާއި، ހިނގުން ފަދަ މުހިންމު ކަންކަން މިއުމުރުފުރާގެ ތެރޭގައި ކުދިން ދަސްކޮށް އެކަންކަން ކުރަންފަށަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކަންކަމަކީ ހަމަ ހުރެފަ އޮޓޯއިން ދަސްވާކަންކަމެއް ނޫނެވެ. އެއީ ކުދިން ވަށައިގެން އުޅޭ މީހުންގެ އެހީތެރިކަމާއެކު ނުވަތަ އެމީހުންނާ ކުދިންނާ އޮންނަ ގުޅުމެއްގެ ތެރެއިން ކުދިންނަށް ހާސިލްވާކަންކަމެވެ. އެކަމަކު ކުދިންގެ ސްކްރީން ޓައިމް ގިނަވާނަމަ ވަށައިގެން އުޅޭ މީހުންނަށް ކުދިން ދޭ ސަމާލުކަން ކުޑަވެ އެހެން މީހުންނާއި މުޢާމަލާތަކުރުމުގައި ކުދިން ހޭދަކުރާ ވަގުތު މަދުވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެ އުމުރުގައި ކުދިންނަށް ދަސްވާންޖެހޭ ވަރަށް މުހިންމު ހުނަރުތައް ދަސްވުމަށް ހުރަސް އެޅެ އެވެ.

މިފަހަކަށް އައިސް އެންމެ ގިނައިން ބެލެނިވެރިންގެ ފަރާތުން އިވޭ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުދިންގެ ވާހަކަދެއްކުން ލަސްވުމެވެ. އެހެންކުދިން ނުވަތަ މީހުންނާ ވާހަކަދައްކަން ކުދިން ބޭނުން ނުވުމެވެ. އެހެން ކުދިންނާ އެއްކޮށް އުޅެން ކުދިންނަށް ނޭނގުމެވެ. ހަގީގަތުގައި އެކަން އެހެންވުމުގައި އެކުދިންގެ މައްސަލައެއްނެތެވެ.

މިހާރު ގިނަ މައިންބަފައިން ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ކާންދެނީ އެކުދިން ގަޔާވާ ކަހަލަ ކޮންމެވެސް އެއްޗެއް ސްކްރީނުން ދައްކައިގެންނެވެ. ކާންދޭން އިންނަ މަންމަ ނުވަތަ ބައްޕައާ މާގިނަ ވާހަކައެއް ނުވަތަ ބައެއް ފަހަރު އެއްވެސް ވާހަކައެއް ކުއްޖާއާ ނުދައްކަ އެވެ. ކުދިން އިސާހިތަކު ކައި ނިންމާލަނީ ސްކްރީނަށް ގެއްލި ތިބެއެވެ. މިގޮތަށް ކަން ދިމާވުމުގެ ނަތީޖާއަކަށް ވަނީ ކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ވާހަކަދެކެވޭ މިންވަރު މަދުވުމެވެ.

ކުދިންނަށް ވާހަކަ ދައްކަން ދަސްވާނީ އެކުދިންނާ ވީހާވެސް ގިނައިން ވާހަކަ ދައްކައިގެންނެވެ. އެކުދިންނަށް ވާހަކަދައްކާނެ ފުރުސަތު ފަހިކޮށްދީގެންނެވެ. ނުވަތަ އެކަހަލަ މާހައުލެއް އުފައްދައިގެންނެވެ. ސްކްރީންޓައިމް ގިނަވުމުގެ ސަބަބުން މި މުހިންމު ފުރުސަތު ކުދިންނަށް ގެއްލެ އެވެ.

ކުދިންގެ ވާހަކަދެއްކުން ލަސްވުން ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސްއެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގުމަކީ އެކުދިންގެ އިޖުތިމާޢީ އެހެން ހުނަރުތައް ތަރައްގީ ކުރުމަށްވެސް ހުރަސް އެޅޭ ކަމެކެވެ. މިގޮތުން ވާހަކަދެއްކުމުގައި ގެއިން ބޭރަށް ނުކުންނަން ބޭނުން ނުވުމާއި، އަވަހަށް ރުޅިއައުންފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ އަދި ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ގެއްލުންތަކުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

އެހެންކަމުން، ކުޑަކުދިންގެ ހެދިބޮޑުވުމަށް އެންމެ ރަނގަޅު ގޮތަކީ ސްކްރީން ޓައިމް މަދުކޮށް، އެހެން މީހުންނާއި އެކު އެކުދިން ކުރާ މުޢާމަލާތްތައް އިތުރުކުރުމެވެ. އެގޮތުން އެކުދިންނާއެކު ވާހަކަދައްކައި، ކުޅެހަދާ، ފޮތް ކިޔައިދީ، އަދި އެކުދިންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ.

ކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުޙަލާތަކުގައި، އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެކުދިންނާއި އެކު ގިނަ ވަގުތު ހޭދަކުރުމަކީ މައިންބަފައިންގެ އެންމެ އިސް އެއް ޒިންމާއެވެ. މިކަމަށް އަހައްމިއްޔަތުކަން ދިނުމަކީ ދުޅަހެޔޮ، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.