
ކަންފަތުގެ ރިހުމަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާ..
ކަންފަތުގައި ރިއްސުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. ގިނަފަހަރަށް ކަންފަތުގައި ރިއްސަނީ ކަންފަތުގައި އިންފެކްޝަން އުފެދިފައި ހުންނާތީއެވެ. އަދި ރޯގާޖެހުމުން ނުވަތަ ކަންފަތް ބެދުމުންވެސް ކަންފަތުގައި ރިއްސުމަކީ މެދުވެރިވެދާނެ ސަބަބެކެވެ. ޢާންމުކޮށް މިކަން ދިމާވަނީ ކުޑަކުދިންނަށް ނަމަވެސް ބޮޑެތި މީހުންނަށްވެސް މިކަން އަންނަނީ ކުރިމަތިވަމުންކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން އަޅުގަނޑުމެން މި ބަލައިލަނީ ކަންފަތުގައި ރިހޭނަމަ ޑޮކްޓަރަށް ދިއުމުގެ ކުރިން އަމިއްލައަށްވެސް ގޭގައި ދެވިދާނެ ބައެއް ފަރުވާއަށެވެ.
ޒައިތޫނި ތެޔޮ
ޒައިތޫނި ތެލަކީ މިކަމަށް އެންމެ ރަނގަޅު އެއްފަރުވާ. މިއީ ކަންފަތުގެ އިންފެކްޝަނަށް އަދި ކަންފަތުން ބައެއް ފަހަރު އިވޭ ޒޫން ކަހަލަ އަޑެއް އިވުމުން ދުރުކޮށްދޭ އެއްޗެއް. ކުޑަކޮށް ތެޔޮ ހޫނުކޮށްލުމަށްފަހު 2 ނުވަތަ 3 ތިކި ކަންފަތަށް އެޅުމުން ނުވަތަ ކަފަބުރެއް ބޭނުންކޮށްގެން ކަންފަތުގެ އެތެރޭގައި ހާކާލުމުން ކަންފަތުގައި ރިހުމަށް ލުޔެއް ލިބޭނެ.

ލޮނުމެދާއި ފިޔާ
ލޮނުމެދަކީވެސް ކަންފަތަށް އެންމެ ރަނގަޅު އެއް ފަރުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ލޮނުމެދުން ކަންފަތުގެ ރިހުމަށް ފަރުވާ ހޯދުމަށް، ލޮނުމެދު ޗިސް ކޮށްލުމަށްފަހު އޭގެ ދިޔަ ތަދުވާ ކަންފަތަށް އެޅުމުންވެސް ލުއި ލިބިގެންދާކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން ފިޔަލަކީވެސް ކަންފަތުގެ ރިހުމަށް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ފިޔާ ޗިސްކޮށްލުމަށްފަހު އޭގެ ދިޔައިގެ 2 ނުވަތަ 3 ތިކި، ދުވާލަކު 2 ނުވަތަ 3 ފަހަރު ކަންފަތަށް އެޅިދާނެއެވެ. އަދި މިއީ ރާއްޖޭގައިވެސް ކުރިން ކޮށްއުޅުނު ކަމެކެވެ.

ހޫނުފެން
ކަންފަތުގެ ތަދު ފިލުވުމަށް އެންމެ ރަނގަޅު އެއް ފަރުވާ އަކީ ހޫނުފެން ބޭނުންކުރުމެވެ. ތަދުވާ ކަންފަތް ހޫނުފެނުން ބޮނޑިތާން ކުރުމަކީ ވަރަށް އަވަހަށް ތަދުކަނޑުވާލާލަމެއް ކަމަށް ބުނެއެވެ.
އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިއެއް ނުވަތަ ޑޮކްޓަރެއްގެ ލަފާ ހޯދުކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެއެވެ.



