އިންޑިއާގެ އިރުމަތީ ބިތުގެ ސަރަހައްދަށް ތޫފާނެއް އަރާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އިންޑިއާގެ އިރުމަތީ ބިތުގެ ސަރަހައްދަށް ތޫފާނެއް އަރާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ތޫފާން އަރާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި މިހާތަނަށް ބެލިބެލުމުން 2 މީހުން ވަނީ މަރުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވަރުގަދަ ތޫފާނުގައި ނަގޫރޯޅިއާއި ގަދަފަދަ ވަޔާއި ބޯ ވާރޭވެހެމުންދާ އިރު، ރުއްގަސްތައްވެސް އަންނަނީ ވެއްޓެމުން ކަމަށާއި ކާބޯތަކެތި ވިއްކާ ތަންތަނުން ކަރަންޓު ކެނޑިފައިވާކަމަށްވެސް ނޫސްތަކުން ވަނީ ބުނެފައެވެ.

މަރުވި ދެމީހުންގެ ތެރެއިން އެކަކު މަރުވީ ހިތް ހުއްޓިގެން ކަމަށާއި އަނެއްމީހާ މަރުވީ ތޫފާން އެރުމާއެކު ބޭރަށް ނުނިކުތުމަށް އިންޒާރު ދެމުންގެންދަނިކޮށް އިންޒާރަށް ބެލުމެއްނެތި ބޭރަށް ނުކުމެއުޅެނިކޮށް ގައިމައްޗަށް ގަހެއް ވެއްޓިގެން ކަމަށް އޮޑިޝާ ސްޕެޝަލް ރިލީފް ކޮމިޝަނަރ ބިޝްނުޕަޑާ ސެތީ އާޙަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.

މި ތޫފާނުގެ އަސަރު އެންމެ ފުރަތަމަކުރީ ޕޫރީއަށެވެ. މިއީ ހިންދޫންގެ އަޅުކަމުގެ ޚާއްޞަ ރަށެކެވެ. އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްޞީލެއް އަދިހާމައެއް ނުކުރެއެވެ.

މި ތޫފާނުގައި ގަޑީއަކު 200 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހޭނޭ ކަމަށާއި އާދަޔާޚިލާފަށް ބޯކޮށް ވާރޭ ވެހޭނޭ ކަމަށް އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާ އިރު، މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އިންޑިއާ ތަޖުރިބާކުރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށްވެސް ވަނީ ބުނެފައެވެ.

ތޫފާނާ ގުޅިގެން އޮޑިޝާ އާއި ވެސްޓް ބެންގޯލް ސްޓޭޓްގެ އެތައްހާސް ބަޔަކު ރައްކާތެރި ސަރަޙައްދަށް ވަނީ ގެންގޮސްފައެވެ.

އިރުމަތީ ބިތުގެ އޮޑިޝާ ސްޓޭޓަށް 1999 ވަނަ އަހަރުވެސް ވަނީ ބާރުގަދަ ނަގޫރޯޅިއެއް އަރާފައެވެ. އެފަހަރު އެ ސްޓޭޓުން 10،000 މީހުން ވަނީ މަރުވެފައެވެ.

މި ހާދިޘާ އާއިގުޅިގެން އެ ހިސާބުތަކުގެ ހުރިހާ އެއަރޕޯޓްތައް ބަންދުކޮށް، ރޭލު ދަތުރުތައްވެސް ވަނީ ހުއްޓާލާ މަގުތައްވެސް ވަނީ ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.