ރޯދަމަށް ތައްޔާރުވުމަށް އެންމެ މުހިންމީ ތައުބާވުން: ޚުޠުބާ

ރޯދަމަހަށް ތައްޔާރުވުމަށް އެންމެ މުހިންމީ ތައުބާވުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނނެފިއެވެ.

”ރޯދަމަށް އިސްތިޤުބާލުކުރުން“ މި މަޢުލޫއަށް ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށް މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ރޯދަމަހުގެ ބަރަކާތް ފުރިހަމައަށް ލިބިގަތުމަށް ދެވަނައަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ފަރުޟު ކުރެވިފައިވާ ރޯދަތައް ބަރާބަރަށް ހިފުން. ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނުންގެ މެދުގައި ތަޤުވާވެރިކަން އިތުރު ކުރުން. އެއަށްފަހު އެންމެ އިސްކަމެއް ދޭންޖެހޭނީ ކީރިތި ޤުރުއާން ކިއެވުމުގައި ވީހާވެސް ގިނަ ވަގުތެއް ހޭދަ ކުރުން“ ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ތަރާވީޙް ނަމާދު ޖަމާޢަތުގައި އަދާ ކުރުމަށް މަސައްކަތް ކުރުމަށާއި ދުޢާ ކުރުމަށާއި ރޭއަޅުކަމުގައި ހޭދަކޮށް، ރަމަޟާން މަހުގެ ބަރަކާތް ޙާޞިލުކުރެވޭނެ ގޮތްތަކުގެ މައްޗަށްވެސް ވަނީ ބަލާލާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.