
ޕްރިމިއާ ލީގް: އެވަޓަން އަތުން ބަލިވެ، އާސެނަލް މާޔޫސްކަމުގެތެރެއަށް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެވަޓަން އަތުން އާސެނަލް ބަލިވެއްޖެއެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިރޭ އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މޮޅާއެކު އާސެނަލްއަށް ތިންވަނައަށް ޖެހިލެވެން އޮތް ނަމަވެސް، އެޓީމަށް އެ ފުރުސަތު ވަނީ ގެއްލިފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 10 ވަނަ މިނެޓުގައި އެވަޓަންގެ ކެޕްޓަން ފިލް ޖެގިއެލްކާ ވަނީ ހިއްގައިމު ގޯލެއް ޖަހާ އެވަޓަންއަށް ލީޑުވެ ނަގައިދީފައެވެ.
މި މެޗުން ބަލިވެ އާސެނަލްއަށް ގަދަ ހަތަރެއްގެ އުންމީދު ފަނޑުވެގެން ދިޔައިރު، މިރޭގެ މެޗުން މޮޅުވެގެން އެޓީމަށް އުންމީދުތަކެއް އާކުރެވެން ފުރުސަތު ލިބުނެވެ. ނަމަވެސް ދައްކުޅުމެއްގެ ސަބަބުން އެންމެ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވެއެވެ. ދެވަނަ ހާފުގައިވެސް އާސެނަލްއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
އެގޮތުން ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅެ ރަނގަޅު ފުރުސަތު ތަނަވަސްކުރީ އެވަޓަންއިންނެވެ. އެގޮތުން އެވަޓަންގެ ކުރިއަށް ކުޅޭ ރިޗާލްސަންއާއި ބާނާޑް އަދި ގިލްފީ ސިގަޑްސަންއަށް ލިބުނު ފުރުސަތު ތަކުގެ ބޭނުމެއް ނުހިފުނެވެ.
ލީގުގައި ބާކީ ފަސް މެޗު އާސެނަލްއަށް އޮތް އިރު، އެޓީމު ހަތަރު ވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީންވެސް 32 މެޗުން 63 ޕޮއިންޓް ހޯދާފައިވާ އިރު، އާސެނަލްއަށް ހަތަރުވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.



