
ޗެމްޕިއަންސް ލީގު: މާދަމާރޭ އަޔެކްސް އާ ދެކޮޅަށް ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑު
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޔުވެންޓަސްއިން އަޔެކްސްއާ ދެކޮޅަށް ނުކުންނަ ފުރަތަމަ ލެގުގައިރޮނާލްޑޯފެނުމުގެފުރުސަތުބޮޑުކަމަށް ޔުވެންޓަސްއިންބުނެފިއެވެ.
އަޔެކްސްއާ ދެކޮޅަށް ނުކުންނަ ފުރަތަމަ ލެގުގެ މެޗަށް ރޮނާލްޑޯ ފިޓް ވާނެ ކަމުގައި ޔުވެންޓަސްއިން ބުނެފައިވާއިރު، ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާންވެސް ފަށާފައެވެ.
އެލެގްރީ ބުނީ ރޮނާލްޑޯ މިހާރު ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވެ، މާދަމާރޭގެ މެޗަށް ފިޓް ވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އޭނާގެ ވެސް އުންމީދަކީ އަޔެކްސް މެޗަށް ރޮނާލްޑޯ ފިޓްވުވުން ކަމުގައި އެލެގްރީ ވަނީ ބުނެފައެވެ. އެލެގްރީ ބުނީ ކުރިން ބިރުހީވެފައިވީ ނަމަވެސް މިހާރު ރޮނާލްޑޯއާ ދޭތެރޭ އުންމީދު ބޮޑުކަމަށެވެ.
އަޔެކްސްއާއި ދެކޮޅަށް ރޮނާލްޑޯ ކުޅުމަކީ ޔުވެންޓަސްގެ ކޯޗު އެލެގްރީ އެންމެ ބޭނުން ގޮތެވެ. ރަނގަޅު ފޯމެއްގައި ހުރި ރޮނާލްޑޯއަށް އަނިޔާވެފައި ވަނީ މިދިޔަ ހަފްތާގައި ޕޯޗުގަލް ގައުމީ ޓީމުން ކުޅުނު މެޗުގައެވެ. އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ އިރު، އޭނާ ބުނެފައި ވަނީ އަޔެކްސް މެޗަށް އެނބުރި އާދެވޭނެ ކަމަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިވެފައިވީ ނަމަވެސް ދެވަނަ ލެގުގައި ޔުވެންޓަސްއިން ނަތީޖާ އަނބުރާލީ ރޮނާލްޑޯގެ ހެޓްރިކާއެކުގައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޔުވެންޓަސްއަށް ރޮނާލްޑޯއާ އެކު މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތުބޮޑެވެ.



