
ފޯރސީޒަން ކުޑަހުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ފޯރސީޒަން ކުޑަހުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އެ ރިސޯޓުގެ ރެސްޓޯރެންޓުގެ ފުރާޅުގައި ކަމަށެވެ. އަދި ރޭ 22:42 އެހާކަންހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ނިއްވާލީ އެ ރިސޯޓުގައި އޮންނަ އަލިފާން ނިއްވާ ޓީމު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ އިދާރާއިން އިތުރަށް ބުނީ އެ ހާދިސާގައި ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށެވެ.



