މަދިރިން ޖެހޭ ބަލިތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް އެއްމަސްދުވަހުގެ ކެމްޕޭނެއް ލޯންޗުކޮށްފި

މަދިރިން ޖެހޭ ބަލިތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް އެއްމަސްދުވަހުގެ ކެމްޕޭނެއް މިއަދު ލޯންޗުކޮށްފިއެވެ.

ރާއްޖެގެ ސިއްޙީ ވުޒާރާއިން މިއަދު ފެށި މި ކެމްޕޭން ކުރިއަށްގެންދިއުމުގައި ހުރިހާ އަތޮޅު ހޮސްޕިޓަލް، ސިއްޙީ މަރުކަޒު، ކައުންސިލުތަކާއި ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ނިންމާފައިވާ އިރު، މިއީ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ޢާންމުން ހޭލުންތެރިކުރުވުމާއި މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް އޭޕްރީލް މަހަށް ދިގުދެމިގެންދާ ކެމްޕޭނެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިއަހަރު ޑެންގޫ ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 1303 މީހުންނަށް ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ އަތޮޅުތަކުން 909 ރިޕޯޓާއި މާލެ، ވިލިމާލެ، އަދި ހުޅުމާލެ ސަރަޙައްދުން 394 ރިޕޯޓެވެ.

އެޗްޕީއޭ އިން ބުނީ މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، އދ، އަދި ލ. އަތޮޅުންނެވެ. އަދި ހދ. އަތޮޅުގައިވެސް މިދިޔަ މާރޗު މަހު މި ބަލި އިތުރުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.