
ސްޕެނިޝް ލީގު: މެސީގެ ދެ ލަނޑާއެކު ބާސާ މޮޅުވެ ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފި
ސްޕެނިޝް ލީގުގައި މިރޭ އެސްޕަންޔޯލް އަތުން 0-2 ލަނޑުން ބާސެލޯނާ މޮޅުވެ ލީގުގެ އެއް ވަނަ މަގާމްގައި ހަމަޖެހިލައިފި އެވެ.
ރޭގެ މޮޅާއެކީ ބާސާ ލީގުގެ އެއް ވަނަ މަގާމްގައި އޮތީ 69 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 56 ޕޮއިންޓާއެކީ އެތްލެޓިކޯ މެޑްރިޑް އޮތްއިރު، ލީގުގެ ތިންވަނައިގައި 54 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑެވެ. އަދި ރޭ ބާސާ އަތުން ބަލިވި އެސްޕަންޔޯލް އޮތީ 34 ޕޮއިންޓާއެކު ލީގުގެ ސާދަ ވަނަ މަގާމްގައެވެ.
އަމިއްލަ ރަށުގައި ބާސާ މިރޭ ކުޅުނު މެޗުގައި އެޓީމަށް ލަނޑު ތައް ކާމިޔާބު ކޮށްދިނީ މެސީ އެވެ.
ލީގުގެ ހަތަރުވަނައިގައި އޮތް ލިގަނީސް މިއަދު ހަވީރު ވަނީ، ގެޓަފޭގެ އަތުން 0-2 ލަނޑުން މޮޅުވެފައެވެ.



