އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޓްރެއިނީގެ މަޤާމުތަކަށް މީހުން ހޯދަން އިއުލާނުކޮށްފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު އިއުލާން ( ނަންބަރު: (IUL)453-AHR-2/1/2019/9) ގައިވާ ގޮތުން އެ ކޮމާންޑަށް ބޭނުންވެގެން އިޢުލާނު ކޮށްފައިވަނީ 35 އަންހެން މުވައްޒަފުންނާއި 32 ފިރިހެން މުވައްޒަފުންނަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭވީއެސް ޓްރެއިނީގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން ’ސީ‘ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން ”ދިވެހި“ މި މާއްދާއިން ދަށްވެގެން ’ސީ‘ ފާސްލިބިފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން ހަދާފައިވުން ހިމެނެއެވެ.

މީގެ އިތުރުން އޭވީއެސް އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ޝިފަތަކެއްވެސް މި އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ. އެ ޝިފަތަކުގެ ތެރޭގައި ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުމާއި، އިސްކޮޅުގައި ’5 (ފަސް) ފޫޓް ހުރުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ދާއިރާގައި ޙިދުމަތްކޮށްފައިވާ ފަރާތްތަކުގެ މަޤާމުގެ ރޭންކާއި، ތަމްރީނު އަދި ތަޢުލީމީ ފެންވަރަށްބަލާ، ދާއިރާއާ ގުޅުންހުރި ސީދާ ތަޖުރިބާ އާއި ތަމްރީނު ލިބިފައިވާކަމުގައި ބެލެވޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ގަބޫލުކުރެވޭ މިންގަނޑަށް ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރުމަށް  އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދެވޭނީ އޭވިއޭޝަން މެޑިކަލް (ކްލާސް 3) ގެ މެޑިކަލް ހެދުމަށްފަހު އެ މެޑިކަލް އިން ފާސްވާފަރާތްތަކަށްކަމަށްވެސް މި އިޢުލާނުގައި ވެއެވެ.

އަދި މި މަޤާމަށް ކުރިމަތިލާ ފަރާތް ތަކުގެ ރޭންކަކީ ސީއެސް-2 ގެ މަޤާމުކަމުގައިވެސް މި އިޢުލާނުގައި ވެއެވެ.

އިޢުލާނުގައި ވާ ގޮތުން މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 އޭޕްރިލް 28 އިން 2019 މެއި 09 އާއި ދެމެދު ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރޒް ގައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެއާރޕޯޓްތަކުގައި އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވާ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ވަޒީފާ އަށް އެދޭ ފޯމު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވެބްސައިޓް http://avsecom.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

އަދި މީގެ އިތުރުން ސިވިސް ސާވިސް ވެބްސައިޓުންވެސް މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

މި ކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދެވުމަށް 3013435,3013436 އަށް ގުޅުއްވުމަށާއި މެއިލް ކުރައްވާނަމަ career@avsecom.gov.mv އަށް މެއިލް ކުރެއްވުމަށްވެސް މި އިޢުލާނުގައި ބުނެފައިވެއެވެ.

http://www.gazette.gov.mv/iulaan/view/99246

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު 1 ޖަނަވަރީ 2013 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ކަނޑައަޅުއްވަވާ އުފައްދާފައިވާ ތަނެކެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ ދިވެހިރާއްޖޭގައި މަދަނީ ވައިގެ ބަނދަރުތައް އިތުރުވަމުން ދިޔުމާއި، އިތުރު ވައިގެ ބަނދަރުތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރެވެމުންދާތީއެވެ. އަދި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤާނޫނުތަކާއި ހިންގަމުންގެންދާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާބެހޭ އެންމެހާ ޚިދްމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމާއި،އެ މިންގަނޑުތަކާއި ފެންވަރުތައް ހިފަހައްޓަމުން ގެންދޭތޯ ބެލުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.