މިއަހަރު އެފްއޭއެމްއަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓަށް 90.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފި އެވެ.

90.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ހުށަހެޅި ބަޖެޓްގެ ޖުމުލަ އަދަދަކީ، 94،970،790.84 (ނުވަދިހަ ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ. އައްޑިހަ ހަތަރު ލާރި) އެވެ. އާންމުދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ، 90،433،686.78 (ނުވަދިހަ މިލިއަން ހަތަރު ލައްކަ ތިރިސްތިން ހާސް ހަސަތޭކައައްޑިހަ ރުފިޔާ. ހަތްދިހައަށް ލާރި) އެވެ. އެހެން ކަމުން 4،537،104.06 (ހަތަރު މިލިއަން ފަސްލައްކަ ތިރީސްހަތް ހާސް ސަތޭކަ ހަތަރު ރުފިޔާ. ހަ ލާރީ) އަކީ ދަރަނި ބަޖެޓެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބަޖެޓަށް ސްޕޮންސާޝިޕުގެ ގޮތުގައި 43.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފީފާ އިން 31.2 މިލިއަން ރުފިޔާ، އޭއެފްސީން 10.8 މިލިއަން ރުފިޔާ، ސްޕޯޓްސް މިނިސްޓްރީން 1.8 މިލިއަން ރުފިޔާ އަދި ޓިކެޓް ވިއްކައިގެން 405،000 ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެ އެވެ.

big kh8CmIAXOPdSmaN4VNGR4YLyg

ހަރަދުތަކަށް ބަލާއިރު ޑިވެލޮޕްމަންޓަށް 30 މިލިއަން ރުފިޔާ، ޕްރޮޖެކްޓްތަކަށް 14.9 މިލިއަން ރުފިޔާ، އިދާރީ ކަންކަމަށް 13.2 މިލިއަން ރުފިޔާ، ޓެކްނިކަލް ޑިވެލޮޕްމަންޓަށް 5.9 މިލިއަން ރުފިޔާ، މުބާރާތްތަކަށް 9.2 މިލިއަން ރުފިޔާ އަދި ގައުމީ ޓީމަށް 8.4 މިލިއަން ރުފިޔާ ޖަހާފައިވެ އެވެ.

މި ބަޖެޓަށް ކޮންގްރެސް އަށް ހާޒިރުވި 13 ކްލަބުގެ ތެރެއިން 12 ކްލަބަކުން ތާއީދުކޮށްފައިވާއިރު، މި ބަޖެޓަށް ވޯޓް ނުދޭ ހަމައެކަނި ކުލަބަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.