މިރޭ ސާބިއާއާ ދެކޮޅަށް ނިކުންނައިރު، ޕޯޗުގަލްގެ ހަތިޔާރަކީ ރޮނާލްޑޯ: ސަންޓޯސް

ޔޫރޯ ކޮލިފައިންގައި މިރޭ ސާބިއާއާ ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު، ޓީމުގެ މުހިންމު އެންމެ ބޮޑު ހަތިޔާރަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ޕޯޗުގަލްގެ ގައުމީޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ޔުއެފާ ޔޫރޯ ކޮލިފައިންގެ ދެވަނަ މެޗަށް މިރޭ ސާބިއާއާ ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު، އެޓީމު ކުޅުނު ފުރަތަމަ މެޗު ޔޫކްރެއިންއާއި ވާދަކޮށް ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައެވެ. ދެ ވަނަ މެޗަށް މިރޭ އަމިއްލަ ދަނޑުގައި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޯޗުގަލް ކޮޅަށް ނަތީޖާ އަނބުރާލަން ބަލާއިރު އެ ޓީމަށް މިރޭގެ މި ޗެލެންޖް އުނދަގޫވާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮލިފައިންގެ ފުރަތަމަ މެޗުގައި ޕޯޗުގަލްގެ ލިސްބަންގައި ޔުކްރެއިންއާއި ދެކޮޅަށް ކުޅެ ޕޯޗުގަލް އެއްވަރުވީ 0-0 އިންނެވެ. އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިރޭ ކުޅޭ މެޗުން މޮޅެއް ހޯދުން ޕޯޗުގަލްއަށް މުހިންމެވެ. .

2016 ވަނަ އަހަރު ފްރާންގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ޕޯޗުގަލް ޓީމު އަންނަ އަހަރު ބޭއްވޭ ޔޫރޯ މުބާރާތަށްވެސް އަމާޒުހިފާފައިވާއިރު، ޕޯޗުގަލްގެ ކޯޗު ސްނަޓޮސް ބުނީ މި ފަދަ ޗެލެންޖްތަކާ ކުރިމަތިލާއިރު މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިއާ ރޮނާލްޑޯ ހުރުމުން ހިތްވަރު ލިބޭ ކަމަށެވެ.

”ރޮނާލްޑޯ އަށް އަދިވެސް ވަރަށް ގިނަ ގޯލުތަކެއް ޖެހިދާނެކަން އޭނަ އަންނަނީ ސާބިތުކޮށްދެމުން.  ރޮނާލްޑޯ ވަނީ ގައުމީ ޓީމުގައި ކުރިންވެސް ތަފާތު ދައްކާފައި. އޭނާ ހުރީމަ މުޅި ޓީމަށް ހިތްވަރު ލިބޭ. އަހަރެމެންގެ އަސްލު ބޮޑު ހަތިޔާރަކީ ރޮނާލްޑޯ،“ މިރޭގެ މެޗުގެ ކުރިން ސަންޓޮސް ބުންޏެވެ.

2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ޕޯޗުގަލް ކުޅުނު ކޮލިފައިން މެޗުތަކުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ. އޭނާ ވަނީ 11 ގޯލް ޖަހައިގެން ކޮލިފައިން ބުރުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. އެގޮތުން މުޅި މުބާރާތުގައި ޖުމްލަ 14 ގޯލް ވަނީ ކާމިޔާބުކޮށްފައެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޮސް ބުނީ ރޮނާލްޑޯ އޭނާގެ ފެންވަރުގައި މިރޭ އެންމެ މޮޅު ކުޅުން ދައްކާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، ރޮނާލްޑޯގެ މޮޅު ކުޅުމާއި އެކު މިރޭ ޕޯޗުގަލް މޮޅުވާނެކަމަށް އުންމީދުކުރާކަމަށް ސަންޓޮސް ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.