ޔޫރޯ ކޮލިފައިން: މިރޭ ޔުކްރެއިން އާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ

ޔޫރޯ ކޮލިފައިންގައި މިރޭ ޔޫކްރެއިންނާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލއޑޯ ކުޅޭނެކަމަށް ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ބުނެފިއެވެ. މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސަންޓޯސް ބުނީ މިރޭގެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި  އެގޮތުން މެޗު ޚާއްޞަ ކަމަށެވެ.

އެހެން ކަމުން މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ މިރޭގެ މެޗަކީ ޔޫރޯއަށް ކޮލިފައިވުމަށް މުހިންމު މެޗެއް ކަމަށާއި އެގޮތުން ރޮނާލްޑޯ މިރޭގެ މެޗުގައި ހިމެނުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ރޮނާލްޑޯ މިރޭގެ މެޗުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ސަންޓޯސް ބުންޏެވެ.

ރޮނާލްޑޯ އަށް މިރޭގެ މެޗުގައި ފުރުސަތު ލިބިގެން ދާއިރު އޭނާ އެންމެ ފަހުން ޕޯޗުގަލް ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގެ އެއްވެސް މެޗެއްގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެގޮތުން މިއީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ފީފާ ވޯލްޑްކަޕަށްފަހު ޕޯޗުގަލްގެ ގައުމީޓީމުގައި ހިމެނިގެން ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔުކްރެއިންއާއި ދެކޮޅަށް މިރޭގެ މެޗަށް ޕޯޗުގަލް ނިކުންނައިރު މިރޭގެ މެޗުން މޮޅުވުމަކީ ސަންޓޯސްގެ އުންމީދެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ސަންޓޯސް ބުނީ މިރޭގެ މެޗުގެ އިތުރުން ކޮލިފައިންގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަކީ އެންމެބޮޑު ތާގެޓް ކަމަށެވެ.އެހެން ކަމުން ދެވަނަ ފަހަރަށްވެސް ޔޫރޯ ތަށި ގައުމުން ބޭރަށް ދިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސަންޓޯސް ބުންޏެވެ. އެގޮތުން މިރޭގެ މެޗުން މޮޅުވުން މުހިންމު ކަމަށެވެ.

”މިރޭގެމެޗަކީ ފެށުން.  ފެށިގެން ނިމުމާއި ހަމައަށްވެސް ބޭނުން ވަނީ ކާމިޔާބު. އެހެން ކަމުން ރޮނާލްޑޯ ޓީމުގައި ހުރުމަކީ މިކަމަށް ލިބގެންދާނެ ބޮޑު ހިއްވަރެއް.“ ސަންޓޯސް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނަ ޕޯޗުގަލް ފުރަތަމަ 11 ކުޅުންތެރިން:

ފޯމޭޝަން: 2-4-4

ގޯލް ކީޕަރު ޕެޓްރިސިއޯ / ޗާންސެލޯ / ޕެޕޭ / ޑިއާސް / ރުއި ޕެޓްރިސިއޯ / ބަނާޑޯ ސިލްވާ / ވިލިއަމް ކަވާޅޯ / ޕިޒީ / ގުއެރޭރޯ /އެންޑްރޫ ސިލްވާ / ކްރިސްޓިއާނޯ ރޮނާލްޑޯ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.