އެންމެ ފަހުން ރޮނާލްޑޯ ސަސްޕެންޝަނުން ސަލާމަތް ވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކް ހެދުމަށްފަހު، ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލޯ އުފާފާޅު ކުރުމަށް ޑިއޭގޯ ސިމިއޯނީއަށް މަލާމާތް ކުރިކަމަށް ބުނި މައްސަލަ ޔޫއެފާއިން ބަލާ ނިންމުމަށްފަހު ފިޔަވަޅު އަޅައިފިއެވެ.

ސިމިއޯނީއަށް ހަޖޫޖަހާ މަލާމާތް ކުރި ކަމަށްބުނެ އެތްލެޓިކޯ މެޑްރިޑން ޔޫއެފާއަށް މައްސަލަ ހުށަހެޅި އިރު، މި މައްސަލައިގައި ރޮނާލްޑޯއަށް ދެ މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެ ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެ މައްސަލަ ބެލުމަށްފަހު ޔޫއެފާއިން ރޮނާލްޑޯއަށް ދިން އަދަބަކީ 17،700 ޕައުންޑުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. 17،700 ޕައުންޑުން ރޮނާލްޑޯ ޖޫރިމަނާ ކޮށްފައިވާ އިރު، ފުރަތަމަ ލެގުގައި ސިމިއޯނީ އެފަދަ ގޮތަކަށް އުފާފާޅުކުރުމުން، ޔޫއެފާއިން ވަނީ އޭނާވެސް 17،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔުވެންޓަސްއިން އަޔެކްސްއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް ދެ މެޗަށް ރޮނާލްޑޯ ސަސްޕެންޑްވާނެ ކަމަށް ބެލެވުނު ނަމަވެސް، މިއަދު އޮތް ޔޫއެފާ ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުން ނިންމާފައި ވަނީ ރޮނާލްޑޯ ޖޫރިމަނާ ކުރުމަށެވެ.

އެތުލެޓިކޯއިން ގަދަ 16ގެ ފުރަތަމަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، އެ މެޗުގެ ދެވަނަ ގޯލާއެކު ސިމިއޯނީ ވަނީ ޔުވެންޓަސްއަށް މަލާމާތް ކުރުމުގެ ގޮތުން އުފާފާޅު ކޮށްފައެވެ. އަދި ގަދަ 16 ދެވަނަ ލެގުގައި ޔުވެންޓަސްގެ ދަނޑުގައި އެތްލެޓިކޯ ކޮޅަށް 3 ލަނޑުޖަހާ ހެޓްރިކް ފުރިހަމަ ކުރުމަށްފަހު ރޮނާލްޑޯ ވަނީ ސިމިއޯނީގެ އުފާފާޅުކުރުން ކޮޕީކޮށް، އެކަމަށް މަލާމާތް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.