
ލެޓްސް ކްލީންގެ ނަމުގައި ބ. މާޅޮސް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ލެޓްސް ކްލީންގެ ނަމުގައި ބ. މާޅޮސް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއީ އެރަށަކީ ލޯކަލް ޓޫރިޒަމް ތަޢާރަފްވަމުން އަންނަ ރަށަކަށްވާތީ، ރަށް ރީތިކޮށް ބޭއްވުމުގެ މަޤުޞަދުގައި ފެށި ސިލްސިލާ ޕްރޮގްރާމެކެވެ. އަދި ރަށަށް އަންނަ ފަތުރުވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންވެސް މޫދަށް އެރޭތީ، ގޮނޑުދޮށާއި މޫދު ސާފުކޮށް ބޭއްވުމެވެ.
މިގޮތުން ބޭއްވި ފުރަތަމަ ޕްރޮގްރާމުގައި 150އަށް ވުރެ ގިނަ ބަސްތާގެ ކުނި ޖަމާކޮށްފައިވާ އިރު، 50އަށްވުރެ ފަރާތުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާއިބެހޭގޮތުން އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މި ހަރަކާތްރޭވުމުގައި އިސްކޮށްއުޅުއްވި އޮފިޝަލަކު ވިދާޅުވީ ފުރަތަމަ ފަހަރާއި އަޅާބަލާ އިރު، ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ކޮންމެއަހަރަކުވެސް ބާއްވާނެ ކަމަށެވެ.
ބ. މާޅޮހުގެ ދެ ޒުވާނުން ކަމަށްވާ ސާފީ ޙަސަން އާއި މުޙައްމަދު ރިޔާޒުގެ ޚިޔާލަށް މި ހަރަކާތް އިންތިޒާމުކުރީ އެރަށު ބެޓެރި ކަންމަތި (ބީކޭ) އިންނެވެ. އަދި މި ހަރަކާތުގައި އެރަށު ޖަމިއްޔާއެއް ކަމަށްވާ މާރެސް، މާޅޮހު ސްކޫލް، ކައުންސިލް އިދާރާއާއި މޯލްޑިވަރ ޑައިވިންގ ސެންޓަރ، ބ. ތުޅާދޫ އަލްވި ސްޓާރ އިން ގެސްޓްހައުސް އާއި މާޅޮހުގައި މިވަގުތު ހުރި ހުރިހާ ގެސްޓްހައުސްތަކުންނާއި ރެޑްވޭވްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
މީގެ އިތުރުން ރަށް ސާފުތާހިރުތަނެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ޕޯސްޓަރުވެސް ވަނީ ހަރުކޮށްފައެވެ.





ރަނގަޅު ފެށުމެއް… ސިޔާސީ ނުވެ ކޮށްފިއްޔާ ރަނގަޅުވާނެ..