ޗެމްޕިއަންސް ލީގު: ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތަށް މިރޭ ފަށަނީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތަށް މިރޭ ކުޅެވޭނެއެވެ. މިރޭ ކުޅެން ހަމަޖެހިފައިވާ ދެ މެޗުވެސް ކުޅެން ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.
މިރޭ ކުޅެން ހަމަ ޖެހިފައިވާ މެޗުތަކަކީ ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމަންޑް  އަދި އިނގިރޭސި ކުލަބު ޓޮޓެންހަމް ބައްދަލުކުރާ މެޗާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ނެދަލެންޑްސްގެ އަޔެކްސް ބައްދަލުކުރާ މެޗެވެ.
Real Madrid vs Ajax CL
މިރޭ ކުޅެނީ ގަދަ 16 ގެ ދެވަނަ ލެގުގެ މެޗުތަކަށް ވާއިރު، މިރޭ ހަމަ ޔަގީނުންވެސް ކޮންމެވެސް ދެ ޓީމެއް މުބާރާތުން ވަކިވާން ޖެހޭނެއެވެ. އެގޮތުން ބޮރޫޝިއާ ޑޯޓްމަންޑް އަދި ޓޮޓެންހަމް ބައްދަލުކުރާ މެޗަށް ބަލާއިރު މިތަނުން މުބާރާތާ ވަކިވެދާނެ ކަމުގެ ބިރު ބޮޑަށް އޮތީ ބޮރޫޝިއާ ޑޯޓްމަންޑް އަށެވެ. މި ދެޓީމު ޓޮޓެންހަމްގެ ދަނޑުގައި ބައްދަ ކުރި މެޗު 0-3 ގެ ނަތީޖާއަކުން ޓޮޓެންހަމް މެޗު ކާމިޔާބުކޮށްފައިވުމުންނެވެ. އެހެން ކަމުން ބޮރޫޝިއާ ޑޯޓްމަންޑުން  މިރޭގެ މެޗު ކާމިޔާބުކޮށް ކުއާރޓާ ފައިނަލުން ޖާގަ ހޯދަން ބޭނުންނަމަ 0-4 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރަން މަޖުބޫރުވާނެއެވެ.
ޓޮޓެންހަމް އަދި ޑޯޓްމަންޑް ގެ ފަހުގެ ކުރިމަތިލުންތަށް:
ޔޫއެފާ ޔޫރޮޕާ ލީގު 2016 : ހޯމް ގައިކުޅެ 0-3 އިން ޓޮޓެންހަމް ބަލިކުރުމުގެ އިތުރުން އަވޭގައި ކުޅުނު މެޗުންވެސް 1-2 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައިވޭ.
ޔޫއެފާ ޗެމްޕިއަންސް ލީގު 2017: 1-3 ގެ ނަތީޖާއަކުން ޑޯޓްމަންޑްގެ މައްޗަށް ޓޮޓެންހަމްއިން ކުރިހޯދާ އަދި ދެވަނަ ލެގުގައިވެސް 1-2 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ޓިޓެންހަމް.
އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނަ އަޔެކްސްއަށްވެސް މުބާރާތުން ވަކިވާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.  އަޔެކްސް ގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެޓީމް ރެއާލް އަތުން ބަލިވެފައިވަނީ
1-2 ގެނަތީޖާއަކުންނެވެ.
އެހެން ކަމުން އަޔެކްސް މިރޭ އަވޭ މެޗުން 0-2 ގެ ނަތީޖާއިން ރެއާލް ބަލިކޮށްގެން ނޫން ގޮތަކަށް ކުއާރޓަރ ފައިނަލް ޔަގީން ކުރުމަކީ އުނދަގޫކަމަކަށް ވާނެއެވެ.
ރެއާލް މެޑްރިޑް އަދި އަޔެކްސްގެ ބައްދަލުކުރުންތަށް:
ޔޫއެފާ ޗެމްޕިއަންސް ލިގުގެ ގަދަ 16 އަށް އަޔެކްސް ދަތުރުކޮށްފައި ވަނީ 16 އަހަރުގެ މެދު ކެނޑުމަކަށް ފަހުގައެވެ. އެޓީމުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކޮށް ގަދަ 16 އަށް ދަތުރުކުރީ 2006 ވަނަ އަހަރުގައެވެ. ރެއާލް އަދި އަޔެކްސް ގެ ކުރިމަތިލުންތަކަށް ބަލާއިރު، މި ދެޓީމު މިހާތަނަށް 12 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން އަޔެކްސް މޮޅުވެފައިވަނީ އެންމެ 4 ފަހަރުއެވެ. އެއް މެޗު ވަނީ އެއްވަރުވެފައެވެ. އަނެއް 7 މެޗުން މޮޅުވެފައިވަނީ ރެއާލް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.