ޕްރިމިއަރ ލީގު: ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުން އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެވަޓަން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

’މާސީސައިޑް ޑާބީ’ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ މެޗުގައި އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. އެނަތީޖާ އާއެކު ލީގުގެ އެއް ވަނައަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލަށް ވަނީ ގެއްލިފައެވެ. ލިވަޕޫލް މިވަގުތު އޮތީ 70 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެވަޓަން އޮތީ 37 ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ.

އެ މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް، ލަނޑު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ލިބިފަނެއްކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލީގުގައި ދެން ލިވަޕޫލް ނިކުންނާނީ މިމަހުގެ 9 ވަނަ ދުވަހު ބާންލީއާ ދެކޮޅަށެވެ. އަދި އެވަޓަން ނިކުންނާނީ 9 ވަނަ ދުވަހުގެރޭ ނިއުކާސަލް އާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގައި އިއްޔެއާ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެޓްފޯޑް އަދި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗު 1-2 އިން ވެޓްފޯޑް ކާމިޔާބުކުރިއިރު، ޗެލްސީން ވަނީ 1-2 އިން ފުލަމް ބަލިކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ހާދަ ދުވަހެއް ކޮއްލާފަ ހަންނާނުގެ އާޓިކަލް އެއް މި އައީ.. ކުޅިވަރު ޚަބަރު މި ސައިޓްގަ ވަރަށް މަދުކަން ފާހަގަ ކުރެވޭ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.