އާސަންދައާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗްގައި

ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން އާސަންދައާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ”ޑިސްޕެޗް“ ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު ގާއިމުކޮށްފިއެވެ.

އައިޖީއެމްއެޗްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި މި ކައުންޓަރގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކައުންޓަރުގެ ސަބަބުން އާސަންދައާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އައިޖީއެމްއެޗްއިން ވެސް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދައާއި އެންސްޕާގެ ފޯމުތައް ދޫކުރުމާއި، ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.\

IMG 7544

ކައުންޓަރުގެ ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00ން ރޭގަނޑު 09:00ށެވެ.

މި ޚިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ނޫސްވެރިންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދައާއި އެންސްޕާއިން ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން ނާޒުކު ޙާލަތުތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު އެއްތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީއާއި އާސަންދައިގެ އިތުރުން އެންސްޕާއާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.