ވޯޓު ކަރުދާސް ރާއްޖެއިން ބޭރުން ޗާޕު ކުރުމުގެ ވިސްނުމެއް ނެތް: ޝަރީފް

ވޯޓު ކަރުދާސް އެއްވެސް އިރެއްގައި ރާއްޖެއިން ބޭރުން ޗާޕު ނުކުރާ ކަމަށާއި މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ކަރުދާސްވެސް ޗާޕުކުރާނީ ރާއްޖެއިންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ރާއްޖެއިން ބޭރުން ޗާޕުކުރި ހަނދާނެއް ނެތް ކަމަށެވެ. އަދި ފާއިތުވި ހުރިހާ އިލެކްޝަނެއްގެ ވޯޓު ކަރުދާސްވެސް ޗާޕުކުރީ ރާއްޖެެއިން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ އަޅުގަނޑު ހަނދާނެއް ނެތް ރާއްޖެއިން ބޭރުން ވޯޓު ކަރުދާސް ޗާޕު ކުރި ކަމެއް. ކޮންމެ ފަހަރަކުވެސް ހަމަ ރާއްޖެއިން ޗާޕުކުރަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕުކުރުމަށްވެސް ވަރަށް އަވަހަަށް އިޢުލާން ކުރާނަން. “ ޝަރީފް ވިދާޅުވިއެވެ.

ވޯޓު ކަރުދާސް ޕްރިންޓުކުރުމަށްޓަކައި މި ފެށޭ ހަފްތާ ތެރޭގައި ބިޑަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުކުރާ ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗަރތަކުގެ އިތުރުން އެ ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ ޚާއްސަ ތައްގަނޑެއް ޖަހަން ނިންމާފައިވާ ކަމަށެވެ.

ކޮންމެ ވޯޓު ކަރުދާސްކޮޅެއް ދޫކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ތައްގަނޑެއް ޖަހާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ޚާއްޞަ ތައްގަނޑެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިގޮތަށް ނިންމީ މިދިޔަ އިންތިޚާބުގައިވެސް ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށައި އޭގެ ބޭނުމަކީ ވޯޓު ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ޞައްހަ ވޯޓު ކަރުދާހެއްކަން، ވޯޓު ފޮށި ބަލަހައްޓާ މީހާއަށް ފަސޭހައިން ޔަޤީންވާނެ ގޮތެއް ހެދުން ކަމަށެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.