ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޖަނަރޭޓަރެއް ފޮނުވައިފި

ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޖަނަރޭޓަރެއް ފޮނުވައިފިއެވެ.

މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެރަށަށް ކަރަންޓުދެމުންގެންދިޔަ 3 ޖެންސެޓްގެތެރެއިން 250 ކިލޯވޯޓްގެ ޖެންސަޓަށް ދިމާވި މައްސަލައަކާއިގުޅިގެން މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފޮނުވި ޖެނެރޭޓަރެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފެނަކައިން އެރަށަށް ފޮނުވީ 400 ކިލޯވޯޓްގެ ޖަނަރޭޓަރެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ މަޢުލޫމާތުދީފައެވެ.

މި ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުފަށާފައިވާ އިރު، މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށް ދާނަމަ ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މަސައްކަތް ނިންމާ އެޖެނަރޭޓަރުން ކަރަންޓު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން މިވަގުތު ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުވެ، ޢާންމު ހާލަތަކަށް ގެނެވޭނެކަމަށް އުއްމީދުކުރާކަަމަށްވެސް ފެނަކަ އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.