ވިލިމާލެ ސާފުކުރުމުގެ ހަރަކާތް ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައިފި

ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި މިކަމަށްޓަކައި މިއަދު ހެދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރިއަށްދިޔަ ސާފުކުރުމުގެ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ “ ސާފު ރާއްޖެ “ ޕްރޮގްރާމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ކޮންމެ މަހަކުވެސް މާލޭ ސިޓީގެ ކޮންމެވެސް އެއްސަރަހައްދެއް ސާފުކުރަމުން އަންނަ ސިލްސިލާގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 

މިއަދު ހެނދުނު 08:30ން 11:30އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވިލިމާލޭ ބީޗް ސަރަހައްދުގައި ކުރިން އަޅާފައި ހުރި ފަތުރުވެރިންގެ ކޮޓަރިތަކާއި ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް ހުރި ތަންތަން ވަނީ ސާފުކޮށްފައެވެ.

މިއަދުގެ ހަރަކާތުގައި ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ވެމްކޯ އާއި ފުލުހުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކާއި ސްކައުޓް އެސޯސިއޭޝަނާއި ސްކޫލްތަކުންވެސް ބައިވެރިވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ސާފުކުރުން ނިންމާލުމުން ވެމްކޯގެ ޓީމުތައް ކުނިތައް ޖަމާކޮށްފައި ހުރި ސަރަހައްދުތަކުން ކުނިތައް ނަގަމުންދާނެ ކަމަށެވެ. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.