
ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ޗެލެންޖަރސް އެފްސީ ހޯދައިފި
ކ. ގުރައިދޫގައި ކުރިއަށްދިޔަ ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ޗެލެންޖަރސް އެފްސީ ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ކުޑަސިޓީ އެފްސީގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ.
އެހެންވުމުން ޗެމްޕިއަން ޓީމު ކަށަވަރު ކުރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ޗެލެންޖަރސް އެފްސީ އިން ކުރި ހޯދީ 2-4 ލަނޑުންނެވެ.
ފައިނަލް މެޗު ނިމުމުން ވަނަތަކަށްދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް ތައްޓާއި މެޑެލް ދިނުން އޮތެވެ.



