އުރީދޫ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރީކޮށްފި

އެ ކުންފުނީގެ އިކުއިޓީއިން ބައެއް، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާތީ އުރީދޫ މޯލްޑިވްސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރީކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ ދިވެހި ސަރުކާރާއި އުރީދޫ ގްރޫޕްގެ އިސްވެރިންގެ ބައިވެރިވުމާއެކު، ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާ އުރީދޫ ގްރޫޕުގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އަލްޘާނީ އާއި އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިޚް ސަޢުދު ބިން ނާޞިރު އަލްޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޤަވާޢިދުގައިވާ، ޕަބްލިކް އިޝޫއެއްގެ ޝަރުތުތަކާއި އޮނިގަނޑުތައް ފުރިހަމަކުރުމަށްފަހު، އިނީޝިއަލް ޕަބްލިކް އޮފަރިންގ (އައި.ޕީ.އޯ) އެއްގެ ދަށުން އުރީދޫ މޯލްޑިވްސް އިން ޙިއްޞާ ވިއްކަން ޤަޞްދުކުރާ އިރު، މި ފުރުޞަތު ޢާންމުންނަށާއި ބޭރުގެ ފަރާތްތަކަށާއި ރާއްޖެ އާއި ބޭރުގެ އިންސްޓިޓިއުޝަންތަކަށް ހުޅުވާލެވިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އުރީދޫ ގުރޫޕަކީ، ބައިނަލްއަޤުވާމީ މުވާޞަލާތީ ދާއިރާގެ އެންމެ ކުރީ ސަފުގައި، މޮބައިލް، ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަރނެޓް އަދި ކޯޕަރޭޓް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކާއި ވިޔަފާރިތަކުގެ ބޭނުންތަކާއި އެއްގޮތަށް ބައްޓަންކޮށް، މެދުއިރުމައްޗާއި އުތުރު އެފްރިކާ އާއި ދެކުނު އިރުމަތީ އޭޝިޔާގެ މާކެޓުތަކުގައި ޚިދުމަތްދޭ ކުންފުންޏެކެވެ.

އުރީދޫ މޯލްޑިވްސް ޤާއިމުކުރީއްސުރެ، އެކުންފުނިން އަންނަނީ ދިވެހިރާއްޖޭގެ މުވާޞަލާތީ ދާއިރާ ކުރިއަރުވައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި އުރީދޫ އިން ޙިއްޞާ ވިއްކަން ޢާންމުކޮށް ހުޅުވާލުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.