ޗެލްސީގެ ކިޓް ސްޕޮންސަރަކަށް ނައިކީ ކުންފުނި…..

ޗެލްސީގެ ކިޓް ސްޕޮންސަރަކަށް ނައިކީ ކުންފުނި ހަމަޖައްސައިފިއެވެ.

ޗެލްސީގެ ސްޕޮންސަރަކަށް ނައިކީ ހަމަޖައްސާފައިވަނީ ކުރިން އެކުލަބުން ސްޕޮންސަރ ކޮށްފައިވާ އެޑިޑާސް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނައިކީ ކުންފުންޏާއެކު ވި އެއްބަސް ވުމާއެކު ޗެލްސީ ވެގެން ގޮސްފައިވަނީ ކިޓްސްޕޮންސަޝިޕުން ޕްރިމިއަރ ލީގުގައި ދެވަނައަށް އެންމެ ބޮޑު ފައިދާ ލިބޭ ޓީމަށެވެ.

ސްޕޮންސަޝިޕުން މިހާރު އެންމެ ބޮޑު ފައިދާއެއް ލިބެނީ ޕްރިމިއާލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އެޑިޑާސްއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުމާއި އެކު އެ ކްލަބަށް އަހަރަކު 75 މިލިއަން ޕައުންޑު ލިބެއެވެ.

ނައިކީ ކުންފުންޏާއެކީ ޗެލްސީން ހަދާފައިވަނީ 15 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެން ކަމުން 2032 ވަނަ އަހަރާ ހަމައަށް ޗެލްސީގެ ސްޕޮންސަރެއްގެ ގޮތުގައި ނައިކީ ދެމިއޮންނާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޗެލްސީއަށް އަހަރަކު 60 މިލިއަން ޕައުންޑް ލިބިގެންދާނެއެވެ.

އެޑިޑާސްއާއެކީ ހަދާފައިވާ އެއްބަސްވުން ޗެލްސީން އުވާލިއިރު އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ އަދި 6 އަހަރު އެބައޮތެވެ. އެޑިޑާސްއާއެކީ ހަދާފައިވާ އެއްބަސްވުމުން، ޗެލްސީއަށް އަހަރަކު ލިބެނީ 30 މިލިއަން ޕައުންޑެވެ.

ނައިކީއާއެކު ޗެލްސީން ވެފައިވާ މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ފެށިގެންނެވެ. އެހެން ކަމުން ނައިކީ ކުންފުންޏާއި އެކު ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ޗެލްސީގެ ސީނިއާ ފުޓްބޯޅަ ޓީމާއި އެކެޑެމީ އަދި ޗެލްސީގެ އަންހެން ފުޓްބޯޅަ ޓީމުތަކުގެ ޖޯޒީ ތައްޔާރުކުރާނީ ނައިކީ ކުންފުނިންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.