ޖުލައި މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފި

ޖުލައި މަހު މޯލްޑިވްސް އިނަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާ އިން ބުނީ މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާ ބަލާ އިރު، 2 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ. އަދި މިއަހަރުގެ މި މުއްދަތަށް އަންދާޒާކުރި ޢަދަދަށްވުރެ 0.1 އިންސައްތަ އިތުރުވުމެއް ކަމަށެވެ.
2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ، މިއަހަރުގެ އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ބީޕީޓީ ފައިނަލް ޕޭމެންޓު ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ދިމާވުމުން ޖުލައި 1 ވަނަ ދުވަހަށް ސުންގަޑި އިތުރުކުރުން ކަމަށެވެ.
ޖުލައި މަހު މީރާއަށް ބަލައިގަން އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ބީޕީޓީ ކަމަށާއި އެއީ 43.9 އިންސައްތަ ނުވަތަ 934.50 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ބުނެއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް އެއީ ޖީއެސްޓީ އިން ކަމަށާއި އެއީ 24.4 އިންސައްތަ ނުވަތަ 519.13 މިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ބުންޏެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 348.21 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މީރާ އިން ބުނެފައިވާ އިރު، މިއީ 16.4 އިންސައްތަ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން މީރާ އިން ބުނީ ލޭންޑް ރެންޓުގެ ގޮތުގައި 105.32 މިލިއަން ރުފިޔާ ނުވަތަ 4.9 އިންސައްތަ ލިބިފައިވާ ކަމަށާއި ގްރީން ޓެކްސްގެ ގޮތުގައި 44.03 މިލިއަން ރުފިޔާ ނުވަތަ 2.1 އިންސައްތަ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ އިން ބުންޏެވެ.
މީރާ އިން ބުނީ އެހެނިހެން ޓެކްހާއި ފީގެ ގޮތުގައި 177.60 މިލިއަން ރުފިޔާ ނުވަތަ 8.3 އިންސައްތަ ލިބިފައިވާ އިރު، ޖުލައި މަހު ބަލައިގަން އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.