ސްޕޭންގައި ހޫނު ގަދަ ވުމުގެ ސަބަބުން ހަފްތާއެއް ތެރޭގައި 9 މީހުން މަރުވެއްޖެއެވެ.
މިއަހަރުގެ ހޫނު މޫސުމަކީ ސްޕޭންގައި މިހާތަނަށް އެންމެ ހޫނު ގަދަ ކަމަށް ރެކޯޑު ކުރެވުނު އަހަރެވެ.
ސްޕޭންގެ އެކްސްޓްރަމަޑޫރާގެ ހުލަނގު ދެކުނު ސަރަޙައްދެއްގައި ހޫނު ގަދަ ވުމުގެ ސަބަބުން 66 އަހަރުގެ މީހަކު ބުރާސްފަތި ދުވަހު ވަނީ މަރުވެފަ ކަމަށް އެ ސަރަހައްދުގެ ސިއްޙީ ވުޒާރާގެ ތަރުޖަމާނު އޭ.އެފް.ޕީއަށް މަޢުލުމާތު ދެމުން ވަނީ ބުނެފަ. އަދި އޭގެ ދެ ދުވަސް ފަހުން 75 އަހަރުގެ މީހެއް ވެސް ވަނީ މަރުވެފައެވެ،
މީގެ އިތުރުން ސްޕޭނަށް ޒިޔާރަތް ކޮށްގެން އުޅުނު 40 އަހަރުގެ ޖަރުމަނު މީހަކާއި 81 އަހަރުގެ މީހެއް ވެސް ވަނީ ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓޯކެއް ޖެހިގެން މަރުވެފަ. އަދި ކެޓަލޯނިއާގެ އިރުއުތުރުން ގެދޮރު ނެތިފައި ތިބި 3 މީހުން ވެސް މަރުވެފައިވެއެވެ.
ހަފްތާ ބަންދުގެ ތެރޭގައި ސްޕޭންގެ ބައެއް ހިސާބުތަކުގެ ހޫނުމިން ވަނީ 46 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.