ރ. ދުވާފަރު ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ގްރޭޑް 6 ގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދުވާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 6ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ހަރުދަނާ މީހަކަށްވުމަށްޓަކައި ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާއި ދަރިވަރުންގެ އަޚްލާޤް ބައްޓަންކުރާނެ ގޮތްތަކާއި ދަރިވަރުންގެ ޒިންމާތަކާއި، މައިންބަފައިންނާއި މުދައްރިސުންނަށް އިޚްތިރާމް ކުރުމާއި ހަރުދަނާ މީހެއްގެ ގޮތުގައި މުޖްތަމަޢަށް ނިކުތުމަށްޓަކައި ކުރަންވީ ކަންކަމާއި އަދި ރިވެތި އަދަބުތަކާއި ސިފަތައް އަށަގެންނެވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާދު ދަރިވަރުންނަށް ދީފައިވެއެވެ.

އިޝްތިހާރު Below Header ad

މީގެއިތުރުން ކޮންމެ ދަރިވަރަކީވެސް މީހުން ބަލައިގަންނަ އަޚްލާޤު ރަނގަޅު ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ، މައިންބަފައިންނާއި މުދައްރިސުންގެ އިތުބާރު ލިބިފައިވާ ކިޔަމަންތެރި ދަރިވަރުންނަށް ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ދަރިވަރުންތަކެއްގެ ގޮތުގައި މުޖްތަމަޢަށް ނިކުތުމުން ލިބިގެންދާނެ ފައިދާތަކާއި މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިސްކަންދޭންވީ ކަންކަމާއި އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

 

މައުލޫމާތް: ޕޮލިސް ލައިފް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.