ޚަބަރު ފީތާ

އިސްކަންދަރު އެއަރބޭސް އަދި ފިޔަ ޓީމުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

މިހާރު ލ.ގަމުގައި ފެށިގެން ކުރިޔަށްދާ ”އެޗްޑީސީ އަހުރަ ހޭންޑް ބޯޅަ މުބާރާތް 2018“ ގައި  މިރޭ އިސްކަންދަރު އެއަރބޭސް އަދި ފޮނަދޫ ޔޫތް އެސޯސިއޭޝަން ( ފިޔަ ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭ ގަމު ޕޮލިސް ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެގެން ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު 3-2 އިން ކުރީގައި އޮތީ އިންކަންދަރު އެއަރބޭސް އެވެ.

މެޗުގެ ފަހުހާފަށް ކުޅެން ނިކުވެސް ދެޓީމުވެސް ދިޔައީ ފޯރިއާ އެކު މެޗު ކާމިޔާބުކުރުމަށް ބުރަމަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ފިޔަޓީމުން ފަހަތުން އަރާ އިސްކަންދަރު އެއަރބޭސް ގެ މައްޗަށް ކުރިހޯދާ 3-4 އިން މެޗު ނިންމާލަން ދަނިކޮށް އެންމެ ފަހު ވަގުތު ޖެހި ލަނޑުން އިސްކަންދަރު އެއަރބޭސް ސަލާމަތްވިއެވެ.

މި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމުނު އިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްކަންދަރު އެއަރބޭސްގެ ދެ ލަނޑު ކާމިޔާބުކޮށްދިން ޖޯޒީނަމްބަރ 11 ޝަހުމާއެވެ.

މާދަން ރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. އެގޮތުން ފިޔަ ޓީމް ނިކުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ދެކޮޅަށެވެ. މާދަމާރޭގެ މި މެޗު ވެސް ފެށޭނީ 20:30 ގައެވެ.

Rate this post