
މެސީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި.
އަނިޔާއިން ރަނގަޅުވެ ލިއޮނަލް މެސީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ދުވަސްކޮޅަކު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އިންޔެ ބާސާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވާން ފަށާފައިވާއިރު އޭނާއަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ މަހު އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
ބާސާ އާއި އެތްލެޓިކޯ ބައްދަލުކުރި މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ބާސާގެ ފަރިތަކުރުންތަކަށް މެސީ އިއްޔެ ނިކުމެފައިވީ ނަމަވެސް، ލީގުގައި ބާސާއިން ދެން ކުޅޭ މެޗުގައި މެސީ ކުޅޭނެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މެސީގެ އިތުރުން އަނިޔާގައި ދުވަސްތަކަކަށް ހުރުމަށްފަހު އެޓީމުގެ ޑިފެންޑަރު ސެމިއުލް އުމްޓިޓީ ވެސް ވަނީ، އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
ބާސާ މިވަގުތު އޮތީ 13 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި، 15 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ލީގުގައި ބާސާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑިޕޯޓިވޯ ލަކަރޫނިއާ އާއެވެ.



