ބ. މާޅޮހު ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީގެ ފަރާތުން މާޅޮހުގައި ހިންގި ޤާރީކޯސް ލެވެލް 1 ގެ އެއްވަނަ ގުރަހަ، ބ.މާޅޮސް/ އަޙުމަދު ޙުސައިން ހޯދައިފިއެވެ.
މާރެސް ޖަމިއްޔާއާއި އިންސްޓިޓިއުޓް އޮފް ހޯލީ ޤްރުއާން އާ ގުޅިގެން 2017 ވަނަ އަހަރު މާޅޮހުގައި ކުރިއަށް ގެންދިޔަ ކޯހުގައި 42 ބައިވެރިއަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މީގެ އިތުރުން މާރެސް ޖަމިއްޔާގެ 12 ވަނަ ޤުރުއާންމުބާރާތުގެ 1 ވަނަ ހާސިލްކުރީ ބ.މާޅޮސް، ވަގުތީހިޔާ/ އައިޝަތު އުމާމަތު އައްބާސްއެވެ.
މި މުބާރާތުގައި 67 ބައިވެރިން ވާދަކޮށްފައިވާ އިރު، 2 ވަނަ ހޯދީ ބ. މާޅޮސް، ސާހިލް/ އައިމިނަތު އިބާނާ އަޙްމަދުއެވެ. އަދި 3 ވަނަ ހޯދީ ބ.މާޅޮސް، ނޭސްކާ/ ސާދާ ޢަބްދުއްރަޙުމާނު އެވެ.
މި ޖުލައި މަހުގެ 27 ޖުލައި ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ބ. މާޅޮހު ސްކޫލުގެ ޕްރިންސިޕަލް އައްބާސް ޙުސައިން ވިދާޅުވީ މާރެސް ޖަމިއްޔާއިން ހިންގާ މިފަދަ ކަންކަމަށް ތަޢުރީފުކުރައްވާ ކަމަށެވެ. އަދި މާޅޮހުގައި މިހާތަނަށް ހިންގުނު އެންމެ މުހިންމު ޕްރޮޖެކްޓަކީ މާރެސްގެ ފަރާތުން ހިންގާ ޤުރުއާން ކުލާސް ކަމަށެވެ.
މީގެ އިތުރުން މިކުލާހުގެ ސަބަބުން ރަށުގެ ގިނަޢަދަދެއްގެ ދަރިވަރުންގެ ޤްރުއާންކިޔެވުމުގެ ހުނަރު ކުރިއަރަމުން ދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
މާރެސް ޖަމިއްޔާއިން ބުނީ ގިނަގޮންޖެހުންތަކަކާއެކުވެސް މާރެސް އިން ހިންގާ ކުލާހުގެ ފައިދާ ރަށުގެ ރައްޔިތުންނަށްކުރާތީ އެޖަމއިްޔާގެ މައިގަނޑު އެއްމަޤުޞަދު ހާސިލްވަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރު ޤާރީކޯސް ލެވެލް 2 ހިންގުމަށް ތައްޔާރު ވަމުން އަންނަކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މާރެސް ޖަމިއްޔާއަކީ އެ ރަށުގެ ތިމާވެއްޓާއި ކުޅުވަރު އާލާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެވެ. އެގޮތުން ދެ ނިންސަށް ހުޅުވާލައިގެން މުޅި އަތޮޅަށް ބާއްވާ ވޮލީ މުބާރާތާއި ތިމާވެށީގެ ރޮނގުން ކުދިންނާއި މީހުން ހޭލުންތެރި ކުރުވުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.