ޚަބަރު ފީތާ

4 ޤައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗައިނާގެ ރައީސް އެނބުރި ޤައުމަށް ވަޑައިގެންފި

4 ޤައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އެނބުރި ޤައުމަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ވަޑައިގަތީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)، ސެނަގާލް، ރްވާންޑާ އަދި ސައުތު ކޮރެއާ އަށެވެ.

ޗައިނާގެ ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމުތަކާއެކު ޗައިނާއިން އޮންނަ ގުޅުން މިހާރަށްވުރެ، ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެ ޤައުމުތަކުގެ އިސްފަރާތްތަކާމެދު ވަނީ މަތީފެންްވަރުގެބައްދަލުވުންތައްވެސް ބާއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސައުތު އެފްރިކާގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގައި ވަނީ ތަޤްރީރު ކުރައްވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންގ ޕިން އާއި އަނބިކަނބަލުން ޕެންގ ލިޔާން އާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވެިއެވެ.

Rate this post