
މިއަހަރުގެ އެލްކްލެސިކޯ މެޗު ކުޅޭނެ ތާރީޚް އިއުލާންކޮށްފި…!
ސްޕެނިޝް ލީގުގެ ބޮޑު ދެބާރު ބާސެލޯނާ އަދި ރެއާލްމެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މި ސީޒަނުގެ ފުރަތަމަ މެޗު ކުޅޭނެ ތާރީޚް އިއުލާންކޮށްފިއެވެ.
މިފަހަރުގެ މި ސީޒަނުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލްކްލެސިކޯ މެ ޗު މުޅޭނެ ތާރީޚް މިއަދު އިއުލާން ކޮށްފައިވާއިރު އެ މެޗު ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ވާ ހޮނިހިރު ދުވަހުގައެވެ. މި މެޗު ކުޅޭނީ ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައެވެ.

މިދެޓީމު ބައްދަލުކުރާ ދެވަނަ އެލްކްލެސިކޯ މެޗު ކުޅެވޭނީ އަންނަ އަހަރު އެޕްރީލް މަހުގެ 23 ވަނަ ދުވަހު ރެއާލްގެ އަމިއްލަ ދަނޑު (ސަންޓިއާގޯ ބާނަބިއު)ގައެވެ.
ނިމިގެން ދިޔަ ސްޕެނިޝް ލީގުގައި މިދެޓީމު ކޭމްޕްނޯ ސްޓޭޑިއަމްގައި ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެހެން ނަމަވެސް ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ބާސާ އާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެފައިވަނީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ބައްދަލުކުރުންތަކަކީ ދުނިޔޭގެ އެންމެ ގިނަބަޔަކު ބަލާ ބައްދަލުކުރުން ތަކަށްވާއިރު މިވަގުތުވެސް ރެއާލް އަދި ބާސާގެ މި ބައްދަލުވުމަށް އިންތިޒާރުގައި ގިނަބަޔަކު ދުވަސްތަށް ގުނަމުންދާނެކަމީ ޝައްކެއްވެސް ނެއްކަމެކެވެ.



