އިބޫގެ ކެންޑިޑެސީ ފޯމް އީސީ އިން ޤަބޫލުކޮށް ލިޔުން ޙަވާލުކޮށްފި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިބޫގެ ކޭންޑިޑެސީ ފޯމް އެ ކޮމިޝަނުން ބަލައިގަނެ، ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލު ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްފައެވެ.

އިޝްތިހާރު Below Header ad

އިބޫ ވަނީ ބ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރެއްގައި މިއަދު ފުރާވަޑައިގެންފައެވެ.

އިބޫގެ ކެންޑީޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ފޯމު ހުށަހެޅުއްވުމަށްފަހު އިބޫއާއި ފައިސަލް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާ ބައްދަލުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބުރާސްފަތި ދުވަހާ ހަމައަށް އިންތިޚާބުގައި ބައިވެރިވުމަށް 7 ފަރާތަކުން ފޯމު ނަގާފައިވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.