ޚަބަރު ފީތާ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅައިފި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

އިބޫގެ ކެންޑިޑެންސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީ އޮފީސް ކުރިމަތިން ފެށިގެން ހިނގާފައި ވަޑައިގެންނެވެ.

ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަނުން ކެންޑިޑެސީ ބަލައިގެންކަން ނުވަތަ ނޫންކަން އަންގަވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިނިވަންކަމަށް 53 އަހަރު ފުރުން ފާހަގަކުރުމުން ދާއިރު މިއަދު މިއީ މިނިވަންކަމާ ދިމާއަށް އެޅުނު ކުޑަ ކުޑަ ފިޔަވަޅެއް ކަމަށެވެ. އަދި އީސީގެ ރައީސާ ބައްދަލުވި ބައްދަލުވުމުގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ.

 

Rate this post