ޚަބަރު ފީތާ

ގއ. ހަގެވިއްލާ ފަރަށް ބޯޓެއް އަރައިފި

Photo: MNDF

ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީގައި އޮންނަ ފަރަކަށް ބޯޓެއް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓު ފަަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ 23:30 އެހާއިރު ކަމަށައި އެވަގުތުން ފެށިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ސަދަން އޭރިއާ ކޯސްޓް ގާޑުގެ ލޯންޗެއް މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓުން އެއްވެސް މީހެއްގެ ހިލަމެއްވާކަމުގެ އެއްވެސް ޢިޝާރާތެއް ނުވާ ކަމަށާއި ބޯޓު ތެރޭގައި ބަޔަކު ތިބިތޯ ބަލަން ސިފައިން ބޯޓަށް އެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުންފުންޏެއްގެ ބޯޓެއްތޯ ނުވަތަ ނޫންތޯވެސް ކަށަވަރުވެފައި ނުވާ ކަމަށެވެ.

 

Rate this post