ޑިމޮކްރަސީގެ އެއްވެސް އަސާސަކަށް މިސަރުކާރުން އިހުމާލުވެފައި ނޯންނާނެ: ރައީސް ޔާމީން

ޑިމޮކްރަސީގެ އެއްވެސް އަސާސަކަށް މިސަރުކާރުން އިހުމާލުވެފައި ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދެކުނުބުރީ ހަނިމާދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު Below Header ad

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ އެއްވެސް ކަމެއް ހަނިކޮށް، ހުއްޓުވައިފައިވެސް ނޯންނާނެ ކަމަށާއި މިސަރުކާރުން ހަމައެކަނި ހުއްޓުވާފައި އޮންނާނީ އެއްވެސް އަސާސެއްނެތި މީހުންގެ އަބުރަށް އަރައިގަތުމާއި އިސްލާމްދީނާއި ޚިލާފަށްކުރާކަންކަން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން އަމިއްލައަށް އިސްވެ މުސީބާތަކަށް އެދޭކަމުގައިވާނަމަ، އޭގެ ހިތި ނަތީޖާ ދިގުލައިގެން ހިނގައިދާނެކަމަށެވެ. އަދި ދިވެހިރާއްޖެއާ ބެހޭގޮތުން ހަޤީގަތާއި ޚިލާފު ކަންކަން ހުށަހަޅައިގެން ރާއްޖެއަށް ނުބައި ބަދުނާމު ލިބޭގޮތަށް ކަންކަންކޮށްގެން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް މުސީބާތެއް އަންނަ ގޮތަށް ކަންކުރުމަކީ ހަޤީޤަތުގައި ރައްޔިތުންގެ ހައްޤުގައި ނުވަތަ ޤައުމުގެ ހައްޤުގައި އިންސާފުން ކުރެވޭ ކަމަކަށް ނުވާނެކަމުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި މަސްލަހަތު ދެމިއޮތުމާއިއެކު މުޅި ރާއްޖެ ތަރައްޤީ ވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދިވެހިރާއްޖެ ތައްޤީކުރުމަށް ޤައުމުގައި ލޭއޮހޮރުވަން ނުޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.