ޖަރާސީމް އާއި ކުދިންގެ ހެދިބޮޑުވުން

ބަލިގިނަ ޒަމާނެއްގައި، ކުދިންބަލިވާލެއް ގިނައެވެ. އަދި ގިނަފަހަރު ބަލިވަނީ ކޮންމެވެސް ޖަރާސީމެއް ހަށިގަނޑުގެ ތެރެއަށް ވަދެގެންނެވެ. ގިނަބަޔަކު ދެކެނީ ތުއްތުއިރު ބަލިވުމަކީ ވަރަށް ބޮޑު މައްސަލައެއް ގޮތުގައެވެ. ވާނީވެސް އެހެނެވެ. ކުޑަ ކުއްޖެއް ބަލިކޮށް އުޅޭތަން ދުށުމަކީ ހިތްދަތި ކަމެކެވެ. އަދި މީގެ ސަބަބުން ކުދިން ގެންގުޅެނީ ގިނަފަހަރު ޖަރާސީމަށް ފޮރުވައިގެންނެވެ. އެހެންނަމަވެސް މިގޮތަށް ފޮރުވުމުން ކުއްޖާ މަޙުރޫމް ވަނީ ވަރަށްވެސް ގިނަ ކަންތައް ތަކުން ނެވެ. އެއީ އެކުދިންނަށް ނޭންގި ނަމަވެސް ކުރެވޭ ބޭއިންސާފެކެވެ. އެހެނީ ޖަރާސީމުން ސަލާމަތް ކުރުމަށްޓަކައި އެކުދިން ބޭރަށް ގެންދަނީ ތަންކޮޅެއް ބޮޑުވުމުންނެވެ. އަދި ވެއްޔާ ކުޅުންވެސް ނުދީ އެވެ.

އެހެންނަމަވެސް ބޭރަށް ކުޅެން ދިޔުމަކީ ހަގީގަތުގައި އެތައް ފައިދާއެއް ހުރިކަމެކެވެ. އެގޮތުން

އިޝްތިހާރު Below Header ad
  • ސިއްހީ ފައިދާ،
  • ހެދި ބޮޑުވުމުގެ ފައިދާ،
  • އިޖްތިމާއީ ފައިދާ ހިމެނެއެވެ.

ސިއްހީ ފައިދާ

ލޫލޫ ގަރސިޔާ ނަވާރޯ، 2017 ޖުލައި 16 ގައި ، ޖެކް ގިލްބަރޓް ސާއިއު ކުރައްވާފައިވާ ފޮތަށް ހަވާލާދީ ވިދާޅުވަނީ، ވެއްޔާ ކުޅުމަކީ ކުދިންގެ ސިއްޙަތަށް ފައިދާ ހުރި ކަމެއްގެ ގޮތުގައެވެ. އެހެނީ ކުދިންގެ ދިފާޢީ ނިޒާމް ވަރުގަދަ ކުރުމަށް ފުރުސަތުދޭން ޖެހެއެެވެ. އެފުރުސަތު ނުދީފިނަމަ ދިފާޢީ ނިޒާމްވެސް އޭގެ މަސައްކަތް ހަނދާން ނެތިދާނެއެވެ. އަދި އެފުރުސަތު ދިނުމުން އެނިޒާމް ވަރުގަދަ ކޮށްދެއެވެ.

އެމެރިކާގައި ހެދި ރިސަރޗުން ސާބިތު ވިގޮތުގައި މިޖަރާސީން ފާޅުވެފާވާ ފަގީރު ކުދިން ގެ ދިފާއީ ނިޒާމް މުއްސަދި، ޖަރާސީން އަށް ފޮރުވިފައިވާކުދިންނައްވުރެ ރަނގަޅެވެ. އަދިމީގެ އިތުރުން ބޭރަށް ނުކުމެ ކުޅެ އުޅޭ ކުދިންގެ އެލާޖީ ވުމައި މީގެ އިތުރުން އެސްމެޓިކް ވުމުގެ ފުރުސަތުވެސް ކުޑަމެއެވެ. ކުދިން ބޭރަނުކުތުމެ އުޅުމުން އެ ކުދިންގެ ނޭވާލުމުގެ ނިޒާމް ވެސް އިތުރަށް ތަރައްގީވެއެވެ.

ހެދި އުފެދުމުގެ ފައިދާ

ޔޫ.އެމް.ކޭ.ސީ ސްކޫލް އޮފް އެޖިއުކޭސަންސް އެޖަރ އެލް އަދި ރެހެތާ އޭ ބާރކްލޭ ޗައިލްޑް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ސެންޓަރ އެބައިމީހުންގެ ނާރސިން ދާއިރާގެ ދަރިވަރުންނާއި އެއްކޮށް ސާއިއު ކުރި ކަރުދާހުގާ ވަރަށް ތަފްސީލްކޮށް ކުދިންގެ ހެދިބޮޑުވުމައި ބޭރުގަ އުޅުމުގެ ގުޅުން ކިޔައިދީފައި ވެއެވެ. ވަރަށް ތުއްތު އިރުން ފެށިގެނެވެ. ވަރަށް ތުއްތު އިރުން ފެށިގެން ވިނަ ވެލި ފަދަ ތަކެތީގާ ކުދިން އަތްލަން ވާނެއެވެ. އޭގެ ސަބަބުން އެކުދިންގެ އިހްސާސް ކުރުމުގެ ހިއްސު ތަރައްގީ ވެއެވެ. މީގެ އިތުރުން ހިފުމުގެހުނަރު (ވަރު ނުވަތަ ހަކަތަ) ވެސް ކުރި އަރައެވެ. ކުރުކޮށް ނަމަ މޮޓޯ ސްކިލް ކުރި އަރައެވެ.

އެންމެ ތުއްތު އިރު އުނދޯއްޔަށްލައި ކޮއްޕުމުންވެސް ކުއްޖާ ހެދި ބޮޑު ވުމަށް މަންފާ ކުރެއެވެ. އަދި އެކުއްޖާ އަމިއްލަޔަށް އެކަން ފެށުމުން މަސްތަކަށް ލިބެންވާ ކަސްރަތު ލިބެއެވެ. އަދި އެމަސްތަކުގެ ބާރު އިތުރުކޮއްދެއެވެ. މަސްތަކުގެ އިތުރުން ކަށިގަޑުގެ ބާރުވެސް އިތުރުވެގެން ދެއެވެ. ތަންތާ އެލި، ދުވެ ، ބެލެންސް ކުރުމުން ކުއްޖާޔަށް ހިސާބް ގެބައިތައްވެސް އުނގަނައިދެއެވެ. މީގެ އިތުރުން ފިޒިކްސް އަދި އެހެން މާއްދާ ތަކުގެ އިލްމު ލިބިގެން ދެެއެވެ. ހަމައެކަނި ތަފާތަކީ މިމާދާތަކުގެ ނަމުގައި މީހަކު އުނގައިނައި ނުދޭކަމެވެ. އެކުދިން އަމިއްލައަށް އުނގެނޭކަމެވެ. މިކަންތަތަކަށް ލޯހުޅުވުނީމަ ކުއްޖާގެ ސިކުނޑި ތަނަވަސްވެ ތަރައްގީ ވެ އަދި މަދްރަސީ ދައުރަށް ކުއްޖާ ތަޔާރު ކޮއްދެވައެވެ.

އިޖްތިމާއީ ފައިދާ

އިޖްތިމާއީ ފައިދާވެސް އެހާމެ ގިނައެެވެ. ވިސްނާލާށެވެ! އެކުއްޖަކު އަނެކުއްޖަކާ ދިމާވުމުން ގުޅުން ބަދަހިވެއެވެ. ހަމަ އެކަނި އެކުދިންގެ އެކަންޔެނޫނެވެ. އެކުދިންގެ ޒަރީޔާ އިން ބޮޑެތިމީހުންގެވެސް މެއެވެ. ހަމަޖެހޭ މުޖްތަމަޢުއަކަށް ގުޅުންތަކަކީ މުހިންމު އެއްޗެކެވެ. އަދި ކުދިން އެކުދިން ތެރޭ ވާހަކަދެކެވި މައްސަލަތަށްވެސް ހައްލު ކުރަން ދަސްވެއެވެ. ގުޅިގެން އުޅުމާއި، އައު ރަޓެހިން ހޯދުންވެސް ދަސްވެއެވެ. ކުދިން އެކުދިންގެ ނަފްސަ ކުރާ އިތުބާރު ބޮޑުވެއެވެ. މީގެ އިތުރުން ތަފާތުކުދިންނާ ގުޅެން ދަސްކުރެއެވެ. ކަންކަމުގައި ފަސް ޖެހުން ކުޑަވެ އިސް ނެގުން އިތުރުވެއެވެ.

ކުޑަކުދިން ބޭރަށް ކުޅެން ދިޔުމަކީ އެހާމެ ފައިދާ ހުރި ކަމެކެވެ. ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ. މިހާރުގެ ހޯދުން ތަކުންވެސް މިކަން ޔަގީން ކޮށްދެއެވެ. މިހާރު ޖަރާސީމް ގެ ބައެއްބާވަތަކީ ހަސިގަޑަށް ބޭނުންތެރި އެއްޗެއްކަންވެސް އެނގެޔެވެ. ވިސްނުން ބަދަލް ކޮށް ކުދިިންބޭރަށް ކުޅެން ގެންދަން ފަށަން ވެޖެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.