މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ހަމަޖައްސަވައިފި އެވެ.
ޑރ ޝަހީމް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވިކަން ރައީސް ޔާމީން އިއުލާން ކުރެއްވީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގަ އެވެ.
ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރ ގެ މަޤާމްވެސް ފުރުއްވި، ޑރ ޝަހީމް ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސިކަން އިއުލާން ކުރައްވާފައިވާއިރު، ޝަހީމް މިވަގުތު ހުންނެވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަމުގެ މަޤާމުގައެވެ. ޑރ ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.