ސްވިޑެން ކަޓުވާލުމަށްފަހު އިންގްލެންޑް ސެމީފައިނަލަށް

ސްވިޑެންގެ މައްޗަށް ކުރި ހޯދާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

އިންގްލެންޑް ސެމީފައިނަލަށް ދިޔައީ 0-2 ގެ ނަތީޖާއިން ސްވިޑެން ބަލިކުރުމަށްފަހުގައެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ފުރަތަމަ ފުރުސަތު ތަނަވަސްކުރީ އިންގްލޭންޑުންނެވެ.

އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރެއަށް އޭޝްލީ ޔަންގް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

އިޝްތިހާރު Below Header ad

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިން އަށް ވަނީ އިންގްލޭންޑުގެ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ގޯލަށް ސްވިޑެން އަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މާކަސް ބާގް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ އިންގްލޭންޑްގެ ޒުވާން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

0-1 ގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލިއިރު،  މެޗުގެ 59 ވަނަ މިނެޓްގައި ޑެލެ އަލީ ވަނީ އިންގްލޭންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެންނެވެ.

މިރޭ މި މުބާރާތުގެ އިތުރު މެޗެއްވެސް ކުޅޭނެ އެވެ. ރާއްޖޭ ގަޑިން މިރޭ 11 ޖަހާއިރު ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އަދި ކްރޮއޭޝިއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.