ޚަބަރު ފީތާ

މަކަރާއި ހީލަތުގެ ޢަމަލުތަކުން ސަލާމަތްވެ ތިބުމަށް އުރީދޫ އިން އިލްތިމާސްކޮށްފި

މަކަރާއި ހީލަތުގެ ޢަމަލުތަކުން ސަލާމަތްވެ ތިބުމަށް އުރީދޫ އިން އިލްތިމާސްކޮށްފިއެވެ.
އެ ކުންފުނިން މިގޮތަށް އިލްތިމާސް ކުރީ މިހާރަކަށް އައިސް އެކި ކުންފުނިތަކާއި ވިޔަފާރީގެ ނަމުގައި އެކިފަރާތްތަކަށް ގުޅާ ޕްރިމޯޝަން ކުރިއަށްދާކަމަށް ބުނެ، ކްރެޑިޓް ކާޑާއި އެފަދަ ވަޞީލަތްތަކުގެ މަޢުމޫމާތު ހޯދުމަށް އެދެމުންދާތީއެވެ.
އުރީދޫ އިން ބުނީ އުރީދޫއިންވެސް އަދި އެފަދަ ކުންފުންޏަކުންވެސް އެއްވެސް އިނާމެއް ދިނުމަށް ނުވަތަ ލިބިގަތުމަށް ފޯނުގެ އޯޓީޕީ ކޯޑު ހޯދުމަށް ނުގުޅާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ނަމްބަރާއި މުއްދަތު ހަމަވާ ތާރީޚުވެސް ނާހާނެ ކަމަށެވެ.
މީގެ އިތުރުން އުރީދޫއިން ބުނީ ވައިބަރ ނުވަތަ އެހެންވެސް ޗެޓް ޕްލެޓް ފޯމެއް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އެ ކުންފުނިން ނުގުޅާނެ ކަމަށެވެ.
އެހެންކަމުން މަކަރާއި ހީލަތުގެ އެންމެހާ ޢަމަލުތަކަށް ސަމާލުވެ، އެފަދަ ކަންކަމަށް ސަމާލުވުމަށް އުރީދޫ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

Rate this post